ރާއްޖޭގެ11 ރަށެއްގައި މަގު ހެދުމަށް ލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ. މަގު ހަދަން ހަވާލުކޮށްފަވާ11 ރަށަކީ: އއ. ފެރިދޫ އއ. މަތިވެރި ބ. ދަރަވަންދޫ ބ. ކެންދޫ ފ. ފީއަލީ ނ. މަގޫދޫ ރ. އިންނަމާދޫ ރ. ރަސްގެތީމު ށ. ބިލެތްފަހި ށ. […]
ފަހުގެ
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ދޭ ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ފައިނޭންސިން ރަހުނަކާ ނުލާ4 މިލިއަނާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށްފިއެވެ. މި ލޯނު ކުރިން ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމާއި ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. އެކަމަކު މިހާރު އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް މި ލޯނު ނެގޭނެއެވެ. މި ލޯނުގެ ފައިސާ ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ ފައިދާގެ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ […]
ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއިން އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ވަނީ “އެރައިޒް” މަޝްރޫޢުގެ ދަށުން 15 މެގަވޮޓްގެ ސޯލަރ ޕީވީ ސަބް-ޕްރޮޖެކްޓްގެ ޕަވަރ ޕަރޗޭސް އެގްރީމަންޓާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢަކީ ގައުމުގެ ހަކަތައިގެ ޚަރަދު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުން އިތުރުކުރުމަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ. ސައިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ […]
ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ޖިނާއީ ކުށެއް ސާބިތުވާ ނަމަ، އެ މުއައްސަސާއިން އެކަމަށް ދިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެމްކޯއިން ދީފި އެވެ. އެ ކޯޕަރޭޝަނުން މިހެން ބުނީ ތިނަދޫ ރޭޕް ކޭސްއާ ގުޅިގެން ކުންފުނީެ މުވައްޒަފުންތަކަކަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގަ އެވެ. މި ބަޔާނުގައި ކޯޕަރޭޝަނުން ހާމަކޮށްފައިވަނީ އެފަދަ ޢަމަލުތައް އެއްވެސް ހާލެއްގައި ބަލައިނުގަންނާނެކަމާއި، މައްސަލައެއް ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައާއި އެ […]
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ. މި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރައްވާނެއެވެ. މި ރަސްމިއްޔާތުގައި، ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ގައުމީ ފެންވަރުގައި ހިތްވަރާއެކު ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ […]
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެއަށް އެތެރެވި ވަގުތު، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުންނެވެ. އަޙްމަދު ނަޞީރު ހައްޔަރުކުރުމަށްފަހު ބަލައިފާސްކުރިއިރު، […]
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ. ނޮވެންބަރު 3 ވަނަ ދުވަހު ފެށިގެންދާ މި ހަރަކާތްތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވާ ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދެއް ހިމެނެއެވެ. ނަމާދަށްފަހު، ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ކުރިއަށްދާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި […]
އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓް […]
އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ގެ “އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް” ގެ ދަށުން ދޭ ޝަރަފުވެރި ދެ އެކްރެޑިޓޭޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް ރަސްމީކޮށް ލިބިއްޖެއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ހާސިލުކުރެވުނީ، އޭސީސީއޭ އިން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މަތީ މިންގަނޑުތަކަށް އެމްޓީސީސީ ފުރިހަމައަށް ފެތޭކަން، އެ ޖަމްޢިއްޔާއިން ކުރިއަށްގެންދިޔަ ދިރާސާތަކަށްފަހު ކަށަވަރުކުރުމާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ލިބިފައިވާ […]
ޢާންމު ސިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަޢުރީފު ކުރައްވައިފިއެވެ. މެޑަމް ސާޖިދާ މިކަމަށް ތަޢުރީފު ކުރެއްވީ، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ އެކު މިއަދު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު “އައިވާން-އެ-ސަދްރު” ގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، […]
ހަރުދަނާ ސިއްހީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި […]
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ސިޔާސީ ދާއިރާ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ރޮނގުން ޝަރަފުވެރި އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފިއެވެ. މި ޝަރަފު އެރުވުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ނިވާސަންދަރާގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، ދިވެހިރާއްޖޭގެ އާންމު ހިދުމަތުގެ ދާއިރާއާއި، ލީޑަރޝިޕް ހަރުދަނާކުރެއްވުމަށާއި، ދައުލަތުގެ މުއައްސަސާތައް ބިނާކުރެއްވުމުގެ އިތުރުން ހެޔޮވެރިކަމާއި އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި […]











