ހުސެންބެ ވަނީ ވެރިކަން ކުރާ ކޮންގްރެސް ޕާރޓީ ގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކޮއްފައިއެވެ.އަދި ހުސެންބެގެ ކެމްޕެއިންގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަނީ އެންޑޯސް ކޮށްފައިއެވެ.ގިނަ ބައެއްގެ ލޯބި ލިބިފައިވާ ހުސެންބެ އަކީ ހިޔާ ސަރަހައްދަށް ނިސްބަތްވާ އެދާއިރާއަށް ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓެވެ. އަދި ރައްޔިތުންނާއެކު ގިނަ އަހަރެއް ގާތުން މަސައްކަތް ކޮއްފައިވާ ޚިދުމަތްތެރި، ތެދުވެރިއެއް ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ބޭފުޅެކެވެ
ފަހުގެ
ސައިފް އަލް ސުވައިދީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވާފައިވަނީ، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ތެރެއިންކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުން، މި ބައްދަލުވުމުގައި ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އާއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިބުރައީސް ވަކިކުރުން ފަސޭހަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސާއި ނައިބުރައީސް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި މީހުންގެ ވޯޓުން ކަމަށެވެ.އެމްޑީޕީން ރައީސް އަޒުލު ކުރަންވީ އެއްވެސް ސަބަބެއް ބުނެފައި ނުވާއިރު އެމްޑީޕީ ގްރޫޕް އިން ވަނީ ކޮންމެގޮތަކަށްވެސް ރައީސް އަޒުލު ކުރަން ނިންމާފައިއެވެ. އަދި ގިނަ އެމްޑީޕީ މެމްބަރުން ބުނަނީ ރައީސް […]
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ، އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދަމަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވިގެން ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ތަކެތި ލިބޭނެ
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު މިއަހަރު މިހާތަނަށް 76،979 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ އެވްރެޖުކޮށް ދުވާލަކު 5،600 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 69.535 ފަތުރުވެރިންނެވެ. އެހެންކަމުން މި އަދަދަކީ ކުރީ އަހަރާ އަޅާ ބަލާއިރު 10.7 ޕަސަންޓް އިތުރު އަދަދެކެވެ.
ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އާންމުކުރި ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ ފޯމުގައި ފީ ނެގުން ހުއްޓާލާއި، އަމުރަށް އެދި ހުށަހަޅާ ފޯމު 14 ޞަފުހާއިން 6 ސަފްޙާއަށް ވަނީ މަދުކޮށްފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލުވުމުގައި އިންޑިއާ ސިފައިން ބޭލުމާއި، އިންޑިއާއިން ފަށާފައިވާ މަޝްރޫއުތައް ނިންމުން އަވަސްކުރުމުގެ ވާހަކަ ދެކެވުނު ކަމަށެވެ.
ހޮންގްކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފްތާއަކު ތިން ފްލައިޓު އަޅާނެ އެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު އެވެ. ރައީސް ޑރ. މުއިއްޒުގެ މަސައްކަތުން ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށަފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ހަމަޖެހިފައިވަނީ ފެބުރުއަރީމަހުގެ 5 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ފުރަތަމަ ދަުރުގެ ފުރަތަމަ ޖަލްސާގައިއެވެ.
އައިޖީއެމްއެޗް ވަރަށް ބޮޑަށް ބާވެފައި ހުރުމުން މިސަރުކާރުގެ ވިސްނުމަކީ ދަރުމަވަންތަ ކައިރީގައި އިތުރު ޓަވަރެއް ހަދައި އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތައް އެތަނަށް ބަދަލުކުރުންކަމަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ










