ލައިފްސްޓައިލް

ލައިފްސްޓައިލް

ހިރިލަންދޫ ބިން ހިއްކުމުގެ 78 އިންސައްތަ ނިމިއްޖެ

ތ. ހިރިލަންދޫ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި 1،080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ އަގަކީ 105.19 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ ހިރިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާއެކު، އޮޑިދޯނިފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށެވެ.

ލައިފްސްޓައިލް

މީދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ އެޅުއްވުމާއިއެކު ގެދޮރުއެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށާއި މިމަޝްރޫޢުގެ ތެރެއިން މީދޫގައި 200 ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވީ މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.. ނިލަންދެއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މީދޫގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ނިންމަވައިދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވަނީ ފުއްދޭނެކަމުގެ ޔަޤީންކަމާއިއެކުގައި ކަމަށާއި އެވަޢުދުތައް އިޙްލާސްތެރިކަމާއިއެކު ފުއްދައިދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. […]

ލައިފްސްޓައިލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ، ހުޅުމާލެ އިން ދޫކުރި ބިންތަކުގެ ތެރެއިން 100-300 އެއްހާ އަދަދެއްގެ ބިން ގެއްލިގެން އުޅޭ ވާހަކަ ބައެއް ނޫސްތަކުގެ ސުރުހީތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެހެންވެ، މަގާމާ ހަވާލުވެވަޑައިގަތުމަށް […]

ލައިފްސްޓައިލް

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލުވުމުގައި އިންޑިއާ ސިފައިން ބޭލުމާއި، އިންޑިއާއިން ފަށާފައިވާ މަޝްރޫއުތައް ނިންމުން އަވަސްކުރުމުގެ ވާހަކަ ދެކެވުނު ކަމަށެވެ.

ލައިފްސްޓައިލް

ހޮންގްކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފްތާއަކު ތިން ފްލައިޓު އަޅާނެ އެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު އެވެ. ރައީސް ޑރ. މުއިއްޒުގެ މަސައްކަތުން ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށަފައެވެ.