ރައީސް އެދިވަޑައިގަތީ ޕާޓީ ރޫހު ދޫކޮށް އަލައިކާ އާއި ޖަލީލުއަށް ވޯޓުދެއްވުމަށް
މާލޭގެ ހުރިހާ ރައްޔިތުން ސިޔާސީ ޕާޓީގެ ރޫހު އެއްފަރާތްކުރުމަށްފަހު، ގައުމީ ވިސްނުމެއްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔާތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރޭ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާއި ޕާޓީން އަބަދުވެސް އިސްކުރާނީ […]










