ސިޔާސީ

އޮޅުވެލިފުށީގެ ބަނދަރު ހިމެނޭގޮތަށް ތިން މަޝްރޫއެއް އެމްޓީސީސީއަށް

Hafeez

1 މިނިޓު
އޮޅުވެލިފުށީގެ ބަނދަރު ހިމެނޭގޮތަށް ތިން މަޝްރޫއެއް އެމްޓީސީސީއަށް

ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެމްޓީސީސީއާ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އޮޅުވެލިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން އަދި އެރަށު އޮޑިއެހެލާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީއިން ބުނެއެވެ.

އޮޅުވެލިފުށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އޮޅުވެލިފުށީގެ ބިންހިއްކިގެން ދިޔުމަކީ އެރަށު ރައްޔިތުން ވަރަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ. އެގޮތުން 15 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު އެރަށުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މައްސަލައަށް ހައްލު ލިބި އޮޑިދޯނިފަހަރު ބޭލުމަށް ހާއްސަ ސަރަހައްދުވެސް ތަރައްގީވެގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފެށިފައިވާ މަސައްކަތްތަކާއި އަދި ސޮއިކުރެވިގެންދިޔަ މަސައްކަތްތައް ފެށި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ނިންމައިދެއްވާނެކަމަށެވެ.

 

 

ޝެއާ

ކޮމެންޓު