Hafeez

ޙަބަރު

އިންތިހާބަށް ކުރިމަތިލާން ހުށަހެޅި 1،000 އަށް ވުރެ ގިނަ ފޯމު ބަލައިގަނެފި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 15:00 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ހުށަހެޅި […]

ޙަބަރު

ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފިއެވެ. މި މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު ޢަބްދުﷲ ގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ ޝުއައިބު ޓީޗަރެއްގެ ގޮތުގައި ހުރެ، އޭނާ މަސައްކަތްކުރި ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މި މަހުގެ 21 ވަނަ ދުވަހު އޭނާގެ މައްޗަށް 5 ދައުވާއެއް މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ޝުއައިބުގެ މައްޗަށް ކޮށްފައިވަނީ، އިތުބާރުކުރެވޭ މަޤާމެއްގައި […]

ޙަބަރު

މަސައްކަތުގެ މާހައުލުގައި އުޅެމުންދަނިކޮށް ފިޓު ޖެހިގެން ވެއްޓި، މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު މަރުވެއްޖެއެވެ. އެ ކުންފުނިން ބުނީ، މިއަދު މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ފިޓުޖެހި ވެއްޓުނީ ދެ ޓަގު ބޯޓު ދޭތެރެ އަށެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ. އެއީ ގދ. ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހެކެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ޙަބަރު

އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަކުރި ދެ ފަތުރުވެރިން ރާއްޖޭގައި ނިޔާވުމުގައި އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި ދެ ފަތުރުވެރިން ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. މި ދެ ފަތުރުވެރިންގެ ތެރެއިން މރސ. އެލައިނީ ރިޗްމޮންޑް (70އ)، ނިޔާވެފައި ވަނީ 2025 ޑިސެމްބަރ 19 ވަނަ ދުވަހުއެވެ. އެގޮތުން އޭނާ […]

ސިއްޙީ

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް، އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދެވޭނެކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ. އެ ތަންތަނުގެ ތެރޭގައި، މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ. ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި […]

ޙަބަރު

ރ.ކިނޮޅަހު ބޭރުން އޮޔާދަނިކޮށް ފެނުނު ހަށިގަނޑަކީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ. މި މަހު 4 ވަނަ ދުވަހު ކިނޮޅަހު ބޭރުން އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ އެވެ. އެހެންވުމުގެ ސަބަބުން ޖިންސު ވެސް ދެނެނުގަނެވޭކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ […]

ޙަބަރު

ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށިތާ ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާ އަންނަ މަހުގެ 5 ގައި ބާއްވަން ތާވަލުކޮށްފި އެވެ. އެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވަވާނެ ދުވަހެވެ. މަޖިލީހުން ބުނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މިއީ ރައީސް ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ފަހުން ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. . ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން […]

ޙަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކޮށްފިއެވެ. އެކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައެވެ. ޕީސީބީން ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ޝަމާހް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު 7 ގައެވެ. އެއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ […]

ޙަބަރު

ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި […]

ޙަބަރު

މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. […]

ޙަބަރު

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާ 1 ގައެވެ. މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް […]