ޙަބަރު

އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިން ނިޔާވުމުގައި އެހެން ފަރާތެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

Hafeez

1 މިނިޓު
އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިން ނިޔާވުމުގައި އެހެން ފަރާތެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަކުރި ދެ ފަތުރުވެރިން ރާއްޖޭގައި ނިޔާވުމުގައި އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ދެ ފަތުރުވެރިން ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

މި ދެ ފަތުރުވެރިންގެ ތެރެއިން މރސ. އެލައިނީ ރިޗްމޮންޑް (70އ)، ނިޔާވެފައި ވަނީ 2025 ޑިސެމްބަރ 19 ވަނަ ދުވަހުއެވެ. އެގޮތުން އޭނާ ނިޔާވީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ފިރިމީހާއާ އެކު ރިސޯރޓްގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ މޫދުންނެއެވެ.

މި ހާދިސާގައި ހިމެނޭ ފިރިހެން މީހާ، މރ. މެލްކޮމް ޖޯން ރިޗްމޮންޑް (71ފ)، ނިޔާވީ 2025 ޑިސެމްބަރ 24 ވަނަ ދުވަހުއެވެ. އެގޮތުން އޭނާ ނިޔާވީ ރާއްޖެއިން އެނބުރި ގައުމަށް ދިއުމަށްޓަކައި އެއަރޕޯރޓަށް ފުރަން ގޮސް ހުއްޓައި ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއަރޕޯރޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށެވެ.

ޝެއާ

ކޮމެންޓު