ކުޅިވަރު

ކުޅިވަރު

އިންފަންޓީނޯ އާއެކު ބޭއްވި ފުޓްބޯލް ފެސްޓިވަލް: ފުޓްބޯޅަށް ލޯބިކުރާ މީހުންނަށް އިތުރު ހިތްވަރެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ހާއްސަ އެގްޒިބިޝަން މެޗެއް ބާއްވައިފި އެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ފެސްޓިވަލްގައި ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައި ގެންފައެވެ. މި ފެސްޓިވަލްގައި އިންފަންޓީނޯ އައީ ރައީސް މުއިއްޒު ބައިވެރިވަޑައިގެންނެވި ހާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި މެޗުގައި ނައިބު ރައީސް […]

ކުޅިވަރު

ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ކުޅެވޭ ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ. ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ފުޓުބޯޅައިގެ ހާލަތު ދަށްކޮށް އޮތް މިހާލަތުގައި މިއަދު ރާއްޖެ ހޯދީ މުހިއްމު މޮޅެކެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ހަސަން ނާއިޒް […]

އަޕްޑޭޓު
ކުޅިވަރު

ފަންސާސް ހަތް ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ބްރޯންޒް މެޑެލް ހާސިލުކުރި ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެއެވެ މި ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނެވެ މިމުބާރާތުގައި ވާދަކޮށް ރާއްޖެއަށް ބްރޯންޒް މެޑެލް ގެނެސްދީފައިވަނީ ގައުމީ ބޯޑީބިލްޑިން ޓީމާއި ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ އޮގަސްޓް މަހުގެ 18 އިން […]

ކުޅިވަރު

އއ. ރަސްދޫ އާއި އއ. އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ ރަސްދޫ އަދި އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ އަންނަ އަހަރު ނިމުމުގެ […]

ކުޅިވަރު

އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމާއި، ރ. ކިނޮޅަހުގައި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ. ކިނޮޅަހުގައި […]

ކުޅިވަރު

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ މޮބައިލް ލެޖެންޑްސް މުބާރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އެއްވަނަ ލިބިއްޖެއެވެ. މިއީ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރެވެ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ، އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ. ފަސް ކުންފުންޏަކުން ނުވަ ޓީމު މި މުބާރާތުގައި ބައިވެރިވިއެވެ. އެ […]

ކުޅިވަރު

އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމް އާއި އިބްރާހިމް އާމިރުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހުމަދު ސައީދް އެވެ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ނަތީޖާ ރަނގަޅުވުމާއެކު, 2026 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދާ […]

ކުޅިވަރު

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އެންގުމުން މިމަހުގެ ކުރީކޮޅު ބައްސާމް ވަނީ އެ އެންގުމާ އެއްގޮތަށް އެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކޮށްފަ އެވެ. […]

ކުޅިވަރު

އައްޑޫގެ އެ ސްޓޭޑިއަމަކީ އެއްވެސް މިންވަރަކަށް މަރާމާތުނުކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްޓޭޑިއަމެއް ކަމަށް އައްޑޫ ސިޓީގައި އޮތް ކުޅިވަރު މުބާރާތެއް އިފުތިތާހުކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވިއެވެ. “މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކުރެވި، ދަވާދުކޮޅެއްވެސް ކާއްތައިނުލެވި އޮތް ތަނެއް،” ނިޒާރު ވިދާޅުވިއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުގައި މި ސްޓޭޑިއަމަކީ އައްޑޫގެ އަގުބޮޑު މުދަލެއްކަމަށްވާތީ އެ ސްޓޭޑިއަމް ވީރާނާވުމަށް ދޫނުކޮށް މަރާމާތުކޮށްދިނުމަށް އާދޭސްކުރި […]