ކުޅިވަރު

ރަސްދޫ އާއި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަނީ

އަހުސަން

1 މިނިޓު
ރަސްދޫ އާއި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަނީ

އއ. ރަސްދޫ އާއި އއ. އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ

ރަސްދޫ އަދި އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރަން ނިންމާފައިވާއިރު، އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ

‎ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ. މިގޮތުން ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ކުޅިވަރުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ދޮރަކަށްވާނެއެވެ

ޝެއާ

ކޮމެންޓު