އަހުސަން

ޙަބަރު

އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅައިފި

އަންނަ 2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅުމާއެކު، ވަކި ވަކި މުޒާރާތަކަށް މެންޑޭޓުތައް ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޝަރީޒް، އެގްރިކަލްޗާ، ޓެލެކޮމިއުނިކޭޝަން ޓްރާންސްޕޯޓް، އޭވިއޭޝަން، ހެރިޓޭޖް އަދި […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބޮޑުތަކުރުފާނު މަގު ސެގްމަންޓް 2 ގައި ހުރި ގަސްތައް ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެމްޓީސީސީއިން ބުނި ގޮތުގައި މިހާރުވެސް ކާމިޔާބުކަމާއެކު ބައެއް ގަސްތައްވަނީ އަލުން އިންދާފަ އެވެ. މީ އެމްޓީސީސީގެ ކޮމިޓްމެންޓް ޓު ރެސްޕޮންސިބަލް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 144 މިލިއަން ރުފިޔާއަށް ހިންގާ މި […]

އަޕްޑޭޓު
ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަޔާ ސްޓޭޝަން ރެސްކިއު ޖެޓީގެ ހިޔަނި އަދި ޑޮކް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަޕްޑޭޓްތައް ހިއްސާކުރައްވަމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ރޫފް ޓްރަސް އިންސްޓޯލްމަންޓްގެ މަސައްކަތް 85% ނިމިފައިވާއިރު، ޔޫޓިލިޓީ، އިލެކްޓްރިކަލް އަދި ޕްލަމްބިންގެ މަސައްކަތް މިހާރު ވަނީ 80% ނިމިފަ ކަމަށެވެ. އެމްޓީސީސީއިން އިތުރަށް ބުނީ، މި މަޝްރޫއު […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ރަށަކާ ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ޒުވާނުންގެ ހުށަހެޅުންތަކާއި އެހެނިހެން ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރޭ ބޭއްވެވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަން […]

އަޕްޑޭޓު
ޙަބަރު

ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް އެމްއެމްއޭ ކުރިމަތީގައި ވަގުތީ ގޮތުން ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ދެވަނަ ސެގްމެންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ ކަނޑު އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް އެމްޕީއެލް އިން މީގެ ކުރިން ވަނީ އަންގާފަ އެވެ. އެމްޕީއެލްއިން ބުނީ […]

އަޕްޑޭޓު
ޙަބަރު

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ %30 މަސައްކަތް ނިމިފައިވާކަމަށް މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލް އިން ބުނީ ރަސްމާލޭ މަޝްރޫއުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާރު ވަނީ 41 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކާފަ އެވެ. 1 ޑިސެމްބަރ 2025 ގައި ފެށި މި މަސަތްކަތް ކުރިޔަށް ގެންދަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެން، 46،000 ކިއުބިކް […]

އަޕްޑޭޓު
ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުން ގަތަރުގެ ގައުމީ އެއާލައިން, ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ. އާ ޓާމިނަލުން ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާޙީމް ޝަރީފު މުހައްމަދާއި ގަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނެސް ސެޝަނެއް މިއަދު ބާއްވައިފި އެވެ. މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނެސް ސެޝަން ނަންގަވައިދެއްވީ އެސިސްޓަންޓް އޮޑިޓަރު ޖެނެރަލް އިބްރާހީމް ފަޒީލެވެ. މި ސެޝަންއަށް ފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަޒީލެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް […]

އަޕްޑޭޓު
ޙަބަރު

ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި ހުރި އިންތިޒާމްތައް މިހާރަށް ވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ވަނީ ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި […]

އަޕްޑޭޓު
ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން ވެސް މެ އެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ […]

ޙަބަރު

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބޭއްވި މަޝްވަރާ ބައްދަަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓާ، ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި […]

ޙަބަރު

އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ހޮނިހިރު ދުވަހު ފުރާވަޑައިގެންފި އެވެ. މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްދާނީ ސެޕްޓެމްބަރ 22 އިން 30 އަށެވެ އަދި އާންމު ބަހުސް އޮންނާނީ ސެޕްޓެމްބަރ 23 އިން 29 އަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނެ […]