ޙަބަރު

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2026 ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ބައިވެރިވެވަޑައިގަނެފިއެވެ.

މި އަހަރުގެ މި ބައްދަލުވުން ކުރިއަށްދާނީ އެންޓީގާ އެންޑް ބާބިޔުޑާގައެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ގައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގަނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާްއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ހައްސާސް ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވާނެއެވެ. އަދި މިކަންކަމާ ގުޅިގެން ގޮތް ނިނމުމުގެ ފުރުސަތު ވެސް ގައުމުތަކަށް ލިބިގެންދާނެ އެވެ.

މި އަހަރުގެ މި ބައްދަލުވުމުގެ ޝިއާރަކީ އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު"އެވެ. މި ބައްދަލުވުން މިމަހުގެ 1 އިން 4އަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށް ދާނެއެވެ.

ޝެއާ

ކޮމެންޓު