ޙަބަރު

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 ގައި

Hafeez

1 މިނިޓު
ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާ އަންނަ މަހުގެ 5 ގައި ބާއްވަން ތާވަލުކޮށްފި އެވެ.

އެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވަވާނެ ދުވަހެވެ.

މަޖިލީހުން ބުނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

މިއީ ރައީސް ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ފަހުން ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ.  .

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާނެ އެވެ.

ޝެއާ

ކޮމެންޓު