ގައްދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ. ދެ ކައުންސިލަރުން، ރައީސް އާ ބައްދަލު ނުކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ ގައްދޫގެ އެހެން ބައެއް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ. “މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސުން، މޭޔަރުން ފެނިވަޑައިގަންނަވާނެ ހުރިހާ ރަށެއްގެ ކައުންސިލްތައް ވަރަށް […]
ސިޔާސީ
އެމްޑީޕީގެ ރައީސްކަން ޝާހިދަށް ދިނީ، މަޖްލިސް އިންތިހާބަށް އިންޑިއާއިން 150 މިލިއަން ހޯދައިދިނުމުން؟
އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސް ޝާހިދަށް ދިނީ މަޖިލިސް އިންތިހާބަށް ބެހުމަށްޓަކާ އިންޑިއާ އިން އެމްޑީޕީއަށް 150 މިލިއަން ރުފިޔާ ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުންކަމަށް މީސްމީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އަދި ރާއްޖޭގެ ކަނޑު ފަޅު ވިއްޚުމުގައި ޝާހިދުގެ އަތެއް ވާ ކަމަށް ބުނެ، އިދިކޮޅު ގެ ލީޑަރަކަށް ހުރުމުގެ ގާބިލުކަން ޝާހިދުގެ ހުރިކަމާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް […]
“އިކޯ ޓޫރިޒަމް މަޝްރޫއު ވެގެން ދާނީ މި ކަމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. ސަރުކާރުގެ ވައުދުގެ ތެރޭގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިމެނޭ ކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް،” ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން، ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް، އެ ތަންތަނަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭނެ އެވެ. […]
މަސްވެރިންނަށް މިހާތަނަށް ނުލިބި ހުރި ފައިސާ އަންނަ މާޗު މަހުގެ 5ގެ ކުރިން ޚަލާސް ކުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.އަދި ނިމިދިޔަ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ މި ސަރުކާރުން ދޭނެ ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު 200 އަށްވުރެ ގިނަ މަސްވެރިންނަށް ފައިސާ މިހާރު ދޫކުރެވިފައިވާ ކަަމަށެވެ. ” އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދޭން އޮތް. އެފައިސާއާ އެކީގައި މިއަދު އަޅުގަނޑުމެން ދުވަސްތައް […]
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އަދި މިހާތަނަށް އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވަނީވެސް އޭނާ އެކަންޏެވެ. އެހެން ނަމަވެސް އެމްޑީޕީން ރަސްމީކޮށް މިކަން އިއުލާންކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުއްޓާ ޝާހިދް ކުރިމަތި ލުމަކީ ލީޑަރޝިޕަށް އޮޅުން އަރައި ޕާޓީ ތެރޭ ފިތުނަ އުފެދޭން ކަމެއްކަމށް ގިނަ މެމްބަރުން ދަނީ ބުނަމުން، އަދި ޝާހިދް އާއި […]
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެސިޓީ ކައުންސިލާއި އެޗްޑީީސީ, ކަސްޓަމްސް, އެމްޓީސީސީ, ހައުސިންގ މިނިސްޓްރީ އަދި ވެމްކޯއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ މުވައްސަސާތައް ހިމެނޭހެން “އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ” އެއް އުފައްދައި ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ވަނީ ޕްލޭނެއް އެކުލަވާލާފައެވެ. މިގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި […]
މި އަހަރުގެ މަޖިލިސް އިންތިހާބުގައި 130 ކެންޑިޑޭޓުންނާ އެކު އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 90 ކެނޑިޑޭޓުންނާއި އެކު އެމްޑީޕީން ނުކުންނައިރުކޮންގުރެސް ޕާޓީގެ ފަރާތުން 89 ކެންޑީޑޭޓުން ވަނީ ކުރިމަތި ލާފައިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް، މުޙައްމަދު އަލްސަން އަޙްމަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅައިފިއެވެ. . އަލްސަން ވަނީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ދެމިހުރެ މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާފައިއެވެ.އަލްސަން އަކީ ތިނަދޫއަށް ފަރިތަ، ތިނަދޫގައި އުޅެ ބޮޑުވެފައިވާ ތިނަދޫ ދެކެ ލޯބިވާ ޒުވާނެކެވެ. އަލްސަން އަކީ ތިނަދޫގެ މަޝްހޫރު ކެޔޮޅު އާއިލާ […]
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އާއި ހަމައަށް ދަރުބާރުގޭގައި ހުންނަ ރަންނަބަނޑޭރި މާލަމުގައެވެ. އަދި ފޯމު ބަލައިގަތުމުގެ ވަގުތު، އިލެކްޝަންސް ކޮމިޝަނުން، އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 295 ކެނޑިޑޭޓުން އިއްޔެގެ ނިޔަލަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި އިރު, ފޯމުތަކާއި މަޢުލޫމާތުގެ ސައްޚަކަން ކަށަވަރުކޮށް މިރޭގެ ނިޔަލަށް ހުށަހެޅުންތަކަށް، އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް […]
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.









