ސިޔާސީ

ސަފުހާ 3 / 4

ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އެ ޕާޓީން ކޮމިޝަނަށް 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ. […]

ސިޔާސީ

ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ކިތައް ޕަސެންޓް މިހާތަނަށް ފުއްދިއްޖެތޯ އެވެ.”ހަފުތާ 14″ގައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަން ހިމަނައިފަ އެވެ.”އޭގެ ތެރެއިން ހުރިހާ ވައުދެއްހެން މިހާރު ވަނީ ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފައި،” ރައީސް ވިދާޅުވި އެވެ.”ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 161 ވައުދުގެ ތެރެއިން 155 […]

ސިޔާސީ

ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި މިފަހަރު ރައީސްގެ އަރިހުން މީހަކު އެދިފައި ވަނީ ކުރިއަށް ރޯދަ މަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ […]

ސިޔާސީ

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ 6 ގައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ މަތީ އިންސައްތައެއް ލިބުނު ތ. ގުރައިދޫއަށެވެ. ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައި ރައްޔިތުންގެ އަޑު އެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު މިއަދު ވަނީ ޅ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އެ ދަތުރުގެ […]

ސިޔާސީ

ހަގީގަތާ ހިލާފު ވާހަކަތަކާ ދުރުވެ، މަޖިލިސް އިންތިހާބަށް ރީތި ކެމްޕެއިނެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހަވީރު ނައިފަރަށް ވަޑައިގެން ކުރިއަށް އޮތީ ރޯދަ މަސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މާތް މަހާ ދިމާކޮށް ހަގީގަތާ އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިންކޮށް ރީތި އާދަކާދަތައް އާލާކޮށް ދިރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ، […]

ސިޔާސީ

“އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންސްތަކަށް ވެސް ބޭނުން ވާނެ ފައިސާ. އެހެންވީމަ މިއަދު ހާލަތަކީ މިއީ،” މުއާޒްގެ ވާހަކަ ފައްޓަވަމުން ވިދާޅުވިއެވެ. “މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މެއިންޓަނެންސް އަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު. ބޭނުމަކީ ޖެންސެޓްތައް ގަތުން، ޖެންސެޓްތައް ހުސްވީމަ ގެންދާ އުސޫލުން ޖެންސެޓުތައް ގަނެފައި […]

ސިޔާސީ

ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގައި އެކި ރަށްރަށް ވަޑައިގެން އެމަނިކުފާނު ވަނީ ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރެއްވުމުގައި ރެކޯޑް ހައްދަވާފައި ކަމަށެވެ. ގިނަ ރަށްތަކެއްގެ ކައުންސިލްތަކާއި ބައްދަލުކުރުމުގެ ބޭނުންފުޅަކީ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރެއްވުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ގޮތް އަމިއްލަ ކަންފަތްޕުޅުން އަޑުއައްސަވައި އެކަންކަމާއި ގުޅިގެން ގެންނަވަން ޖެހޭ […]

ސިޔާސީ

“އަޅުގަނޑުމެން ޒަމާނުއްސުރެ އެމީހުން ގުޅޭނެ ބައެއް އިންނާނެ ކަމެއް ޖެހިއްޖެއްޔާ. ދެފަރާތުގެ ގުޅޭނެ މީހެއް އިންނާނެ. އެމީހާ އެދީފަ ނެތީމަ، އެގުޅާ ގުޅާ އެ ގުޅާ އެއްޗަކުން ފޯނެއް ނުނެގީމަ، އޭގެ ތެރޭގަ އެމީހުންނަށް އެހިސާބުގަނޑުގަ ޝައްކު ކުރެވޭ ކަހަލަ ކަންކަމެއް ހިނގާ ކަމަށް ދެކި، އެމީހުން އަރާ ބަލަން ބޭނުންވީ ދެން ކިހިންތެތޯ ހަދާނީ. އެއީ އެމީހުންގެވެސް ސަރަހައްދު އަހަރެމެންގެ ވެސް ސަރަހައްދު,” މާރިޔާ ވިދާޅުވިއެވެ. މާރިޔާ މިފަދައިން ވިދާޅުވީކަމުގައި ވިޔަސް, ދިވެހިރާއްޖޭގެ ދިފާޢީ ބާރުން […]

ސިޔާސީ

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިރަށަކީ ބިން ހުސްވެ، ފުރިފައިވާ ރަށެއް ކަމަަށާއި، މިރަށުގެ ބިން ބޮޑުކުރަން ފަޅުގައި މާބޮޑު ޖާގައެއް ނެތް ކަމަށެވެ. އަދި މިރަށުގައި ގާތްގަނޑަކަށް 8-10 ހިކްޓަރު މިރަށުގައި ހިއްކެން އޮތްއިރު، ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް މި އަހަރު ތެރޭގައި ހިއްކަ ދޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު […]

ސިޔާސީ

އެ ކައުންސިލުން ބުނީ ބައްދަލުވުން އޮންނާނީ 29 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ލޮނުޒިޔާރަތް ޕާކުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ވަނީ މި ބައްދަލުވުމަށް ދައުވަތު ދީފައެވެ. މިއީ މަޤާމަށް އިންތިކާބު ވެވަޑައިގެންނެވި ފަހުން މާލޭގެ ރައްޔިތުންނާއި މޭޔަރު ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި ސަރުކާރަށް ޒައްރެެއްގެ މިންވަރުވެސް އުނދަގުލެއް ވިޔަކަ ނުދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީ ކައުންސިލުގެ ހަތަރު […]

ސިޔާސީ

ރައީސް ވިދާޅުވި ގޮތުގައި މިކަންކަން ކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ. މަޖިލިހުގެ ތެރެއިން ބަޖެޓު ފާސް ކުރާ އިރުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތިބުމުގެ މުހިންމު ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް އެ އިޝާރާތް ކުރެއްވީ މި އަހަރަށް ލަފާކޮށް، މަޖިލިހުގެ މެޖޯރިޓީ މިހާރު އޮތް އެމްޑީޕީން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުން ހިނގަމުންދާ މަޝްރޫއުތަކަށް އެކަށީގެންވާ ފައިސާ ބަޖެޓުގައި ހިމަނާފައި ނުވާ ވާހަކައެވެ. އެހެންވެ، […]

ސިޔާސީ

މިނިސްޓަރު ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އެއީ 107 މަޝްރޫއެއް ކުރިއަށް ގެންދާ އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.”އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ އެއްކޮށް މަނިކުފާނުގެ އިރުޝާދާ އެއްކޮށް ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ މިހާރު ވާނީ ޕޭކޮށްފަ. އަދި ހަމައާއެކު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކޮށްލަން. އަޅުގަނޑު […]