ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ފަތުރުވެރިންނާއެކު ޒިއަމަން އެއަރގެ ފްލައިޓް MF8017 މިއަދު ވަނީ ރާއްޖެއަށް ފުރަތަމަ ދަތުރުކޮށްފައެވެ މި ފްލައިޓުން ރާއްޖެ ޒިޔާރަތްކުރި ފަތުުރުވެރިންނަށް ސަގާފީ ބޮޑުބެރާ އެކުގައި ހޫނު މަރުހަބާ އެއް ކިިޔާފައިވާއިރު، މާ ހިމެނޭ ގޮތަށް ހާއްސަ ހަދިޔާ ޕެކެއް ހަދިޔާކޮށްފައިވެއެވެ. މިއަދު ހެނދުނު މި ފްލައިޓް އައިއިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ވާންގް ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ވަނީ މި ފްލައިޓްގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ […]
ފަހުގެ
ކެންސަރ ހޮސްޕިޓަލުގެ ފީސިބިލިޓީ އަދި ކޮންސަލްޓޭޝަން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ, ރާއްޖޭގައި މިހާރު ދެވޭ ކެންސަރު ބަލީގެ ފަރުވާ މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ދޭންފެށުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. ހެލްތް މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލްގައި ބަލިމީހާއާއި ގުޅުންހުރި ހުރިހާ ފަރުވާތަކާއި ޚިދުމަތްތައް ޤާއިމުކުރެވޭނެކަމަށެވެ.މިގޮތުން ޑޮކްޓަރުންގެ ޚިދުމަތާއި، ކީމޯއާއި އެމީހުން ހަދަންޖެހޭ އެކި […]
އައްޑޫގެ އެ ސްޓޭޑިއަމަކީ އެއްވެސް މިންވަރަކަށް މަރާމާތުނުކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްޓޭޑިއަމެއް ކަމަށް އައްޑޫ ސިޓީގައި އޮތް ކުޅިވަރު މުބާރާތެއް އިފުތިތާހުކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވިއެވެ. “މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކުރެވި، ދަވާދުކޮޅެއްވެސް ކާއްތައިނުލެވި އޮތް ތަނެއް،” ނިޒާރު ވިދާޅުވިއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުގައި މި ސްޓޭޑިއަމަކީ އައްޑޫގެ އަގުބޮޑު މުދަލެއްކަމަށްވާތީ އެ ސްޓޭޑިއަމް ވީރާނާވުމަށް ދޫނުކޮށް މަރާމާތުކޮށްދިނުމަށް އާދޭސްކުރި […]
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އާއި ހަމައަށް ދަރުބާރުގޭގައި ހުންނަ ރަންނަބަނޑޭރި މާލަމުގައެވެ. އަދި ފޯމު ބަލައިގަތުމުގެ ވަގުތު، އިލެކްޝަންސް ކޮމިޝަނުން، އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 295 ކެނޑިޑޭޓުން އިއްޔެގެ ނިޔަލަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި އިރު, ފޯމުތަކާއި މަޢުލޫމާތުގެ ސައްޚަކަން ކަށަވަރުކޮށް މިރޭގެ ނިޔަލަށް ހުށަހެޅުންތަކަށް، އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް […]
“ރަސްމާލެ” ތަރައްގީ ކުރާނީ ޒަމާނީ ތަރައްގީ ފެންނާނެ އިންގިލާބީ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުބާއީގައި ކުރިއަށްދާ “އިންވެސްޓް މޯލްޑިވްސް” ފޯރަމްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ސަރުކާރުން ފެށި “ރަސްމާލެ” ތަރައްގީ ކުރާނީ ތިމާވެއްޓާ ރަށްޓެހި ރަށެއްގެ ގޮތުގައި ކަމަށެވެ
ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓް ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް ވަނީ މިދިޔަ މަހު ބޭއްވި މާލެ ސިޓީ މޭޔަރު އިންތިހާބުގެ ކެމްޕެއިންގައި އިއުލާން ވެސް ކުރައްވާފަ އެވެ. އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ވަނީ ހަރުކޮށްފަ އެވެ. އޭގައި ވާގޮތުން އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ […]
ބަނގުރަލަކީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ކަށަވަރުކޮށްދީފިއެވެ.މިހާރު މީސް މީޑިއާގައި ދަނީ ޒަމްޒަމް ފެނުން %15 އިމްޕޯޓް ޓެކްސް ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީ ފްރީ 0% ކަމަށް ބުނާ ޕޯސްޓެއް ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ކަސްޓަމްސްއިން ވިދާޅުވީ، ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެވެ. “އަދި ކަސްޓަމްސް ވެބްސައިޓްގައި […]
ރާއްޖެއަށް ކުރިމަތިވެފައި ހުރި މާލީ އަދި އިޤުތިޞާދީ ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނުގެ އަމާޒަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެސެޓުތައް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް އެކަށީގެންވާ މުހުތަރަމު ދިރިއުޅުމެއް ހޯދައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ދުބާއީގެ ބުރުޖުލް ޢަރަބުގައި ކުރިއަށްދާ އިންވެސްޓުމެންޓު ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ހައިސިއްޔަތުން އަދި ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައި ހުރީ ގިނަގުނަ ގޮންޖެހުންތަކެއް ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ބާޒާރުން ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، […]
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ. މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ “ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް” އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި […]
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހުން ކަމަށެވެ.އެ ލިސްޓުގައި ހުރީ އެ މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށާއި އޭސީސީން މިނިސްޓްރީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދި ނުދޭތީ އެ ލިސްޓާ ގުޅޭ އިތުރު ތަފުސީލް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް […]
މިއަދު ހެނދުނު 10:30 އެހާކަންހާއިރު އޭސީ މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތެއްގެ ނުވަވަނަ ބުރިން ސިޑި ގޮޅިން ވެއްޓުނީ 20 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ނުވަވަނަ ބުރިން ވެއްޓި ޖެހުނީ ބިންމަތީގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެނގިފައިވާއިރު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 1:40 ހާއިރު ވަނީނިޔާވެފައިއެވެ.
ރާއްޖޭގެ ބައެއް މީޑީއާތަކުންވަނީ ކާޑުތަކުން ބޭރުފައިސާ ނެގޭމިންވަރުކުޑަ ކުރަން ނިންމައިފާވާކަމަށް ބުނެ މީސްމީޑިއާގައި ދޮގުޚަބަރު ފަތުރާ ގިނަ ރައްޔިތުންތަކެއް ވަނީ ހާސް ކަމެއްގެ ތެރެއަށް ލާފައިއެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ނޫސް ބަޔާނެއް ނެރެ ދައުރުވަމުންދަނީ ދޮގުޚަބަރެއް ކަން ރައްޔިތުންނަށް ކަށަވަރު ކޮއްދީފައިއެވެ. އަދި އިޤްތިޞާދި މި ފަދަ މައްސަލަ ތަކުގައި ތައްޔިތުން ކަނބޮޑުވާނެ ފަދަ މޭރުމަކުން ޚަބަރުތައް ނުފެތުރުމަށާއި، .ޒިންމާދާރުކަމާއިއެކު މަޢޫލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ޚަބަރު ފަތުރާ އެންމެހާ ފަރާތަތަކަށް ފިނޭންސް […]











