މާލޭގެ ގާއިމް ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިސްރަށްވެހިންނަށް ދޭން ޖެހޭ އިސްކަން މި ސަރުކާރު މެއިންސްޓްރީމްކޮށްގެން ދޭން ފަށާފައިވާ ކަަމަށެވެ. “ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކިކަހަލަ ރިސޯސެތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރު މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،”. ރައީސް ވިދާޅުވިއެވެ.
ފަހުގެ
25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމާ، ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތަކެވެ. ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ […]
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން މައްކާއަށް ކުރަމުންދާ ދަތުރުގައި މިހާރު އެބޭފުޅުން ތިއްބެވީ މައްކާގައި ކަމަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިދަތުރުގައި މައްކާ އަދި މަދީނާގެ ހާއްސަ ތަންތަނަށް އިމާމުން ޒިޔާރަތްކުރާނެ ކަމަށެވެ. އަދި މިއަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރާނެ ކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެސިޓީ ކައުންސިލާއި އެޗްޑީީސީ, ކަސްޓަމްސް, އެމްޓީސީސީ, ހައުސިންގ މިނިސްޓްރީ އަދި ވެމްކޯއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ މުވައްސަސާތައް ހިމެނޭހެން “އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ” އެއް އުފައްދައި ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ވަނީ ޕްލޭނެއް އެކުލަވާލާފައެވެ. މިގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި […]
އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ސްކައުޓް ޖަމްބަރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ދިވެހި ސްކައުޓުންނަކީ އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށެވެ. އަދި ދިވެހި ސްކައުޓުންނަކީ ކަންކަން ކުރަން ކެރޭ މުރާލި ބައެއްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ނަމާދުގެ މުހިއްމުކަމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަޑިން ގަޑިއަށް ނަމާދު އަދާކުރުމުގައި ދެމިތިބެންވާނެކަމަށެވެ. އަދި، ދިމާވާ މީހުނަށް އިހުތިރާމްކުރާ ބަޔަކަށް ސްކައުޓުން ވާންވާނެކަމަކަށްވެސް ވިދާޅުވެފައިވެއެވެ.
މި އަހަރުގެ މަޖިލިސް އިންތިހާބުގައި 130 ކެންޑިޑޭޓުންނާ އެކު އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 90 ކެނޑިޑޭޓުންނާއި އެކު އެމްޑީޕީން ނުކުންނައިރުކޮންގުރެސް ޕާޓީގެ ފަރާތުން 89 ކެންޑީޑޭޓުން ވަނީ ކުރިމަތި ލާފައިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހާ އަޅައި ބަލާއިރު ޖަނަވަރީ މަހު ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ މި ބަލި އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުގައި ކަމަށެވެ. ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާޢްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ހިންގާ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ނިންމާލައިފިއެވެ. އެގޮތުން، އިމާމުން ތަމްރީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމެކެވެ. އެ މަޝްރޫއުގެ ދަށުން ގއ. އަތޮޅާއި ގދ. އަތޮޅުގެ 17 ރަށަކުން ޖުމްލަ 77 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 64 ބައިވެރިންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި ރާއްޖެ އިން […]
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗުމަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވައި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.ގުރުއަތު ނެގުން އޮންނާނީ މާދަމާ 14:30 އިން ފެށިގެން 18:30 އާ ދެމެދު އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށާއި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން […]
އެމްޑީޕީ އެކްޓިވިސްޓެއް ކަމުގައިވާ ހުމައިދާ އަބްދުލްޤަފޫރު, ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާކަމަށްބުނެ, ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމްކޯޓުގައި, ހައިކޯޓުގެ އަމުރު އިސްތިއުނާފް ކުރުމުން އެކޯޓުން ވަނީ ހައިކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ. ސުޕްރީމްކޯޓުގެ މިއަމުރުގެ ސަބަބުން ގުޅިފަޅުގެ ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެޅިފައި އޮތް ހުރަސްތައް ނެތުނީއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ މެދު ރާއްޖެތެރޭ ރަށްތަކަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި މެދުރާއްޖެ ތެރޭގއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން މިއަދު ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 14:30އިން ފެށިގެން މިރޭ 20:30 އާ ހަމައަށެވެ.
ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައިއެވެ. ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ރައީސް ދެއްވި ތަގުރީރުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު އިއުލާން ކުރައްވައިފިއެވެ.











