ފަހުގެ

ސަފުހާ 188 / 192

ޙަބަރު

އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން “ހަފްތާ 14” ގައި ޕްލޭން ކުރި ގިނަ ކަންކަން ފުރިހަމަކޮށް، ބާކީ ކުރަން ހުރި ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަން ފާހަގަ ކުރައްވައި، މިހާރު މިއޮތީ އެ އެއްބާރުލުން ދެއްވަން ޖެހޭ ދަނޑިވަޅު އައިސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. […]

ޙަބަރު

ހައި ކޯޓުން މިއަދު ވިދާޅުވި ގޮތުގައި، އެ ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ވިދާޅުވިއެވެ. އެ މައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން 2:30 ގައި ޝަރީއަތުގެ […]

ޙަބަރު

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ސަރުކާރުން ނެގި ލޯނުތަކަށް އެކަނި 2.2 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. އެހެންވެ، ދޮޅު މަސް ތެރޭ މިވަނީ، ޖުމްލަ ދައްކަން ޖެހޭ އަދަދުގެ 20 ޕަސެންޓު ދައްކައިފަ އެވެ. ދަރަނި އަދާކުރަން މި އަހަރު ޖުމްލަ 6.3 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހެ އެވެ. އަދި އަންނަ އަހަރު ދަރަނި އަދާކުރަން 8.7 ބިލިއަން ރުފިޔާ އަންބުރާ ދައްކަން ޖެހެ އެވެ. އަދި […]

ޙަބަރު

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސިޓީގައި ވަރަށް ގިނަ މަސައްކަތްތައް ފެށިފައި ހުއްޓިފައިވެސް އެބަ ހުރި ކަމަށެވެ. ގޯސްކޮށް ކުރެވިފައިވެސް އެބަ ހުރި ކަމަށް ވިދާޅުވިއެެވެ. “މިސާލަކަށް މަގު ހެދުމުގެ މަސަައްކަތް، މުޅި ސިޓީއަށް ބަލައިފިއްޔާ އަލުން ބަލުން ކުރަން ޖެހިފައި އޮތް މަސައްކަތަކަށް ވެފައި މި އޮތީ،”،. ރައީސް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ނިންމާފައި އޮތީ […]

ޙަބަރު

ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި ތަރައްގީގެ މަސައްކަތްތައް ފަށަން މަޑު ކުރުމަކީ ޒިންމާދާރު ގޮތެއް ކަމަަށް ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސީޓިގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބްރިޖްގެ ޑިޒައިން ފީސިބިލިޓީގެ މަސައްކަތް ހިލޭ އެހީގައި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމިގެން ކުރެވޭ ބްރިޖްގެ މަސައްކަތް […]

ޙަބަރު

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި އައްޑޫ ސިޓީގައި ސަރުކާރުން ހިންގަން ފަށާފައިވާ އަދި, ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނުވެ. އަދި މިގެ އިތުރުން މަސައްކަތް ހަވާލުކުރެވިފައިވާ ހިތަދޫ ބްރިޖް މަޝްރޫޢުގެ މަޢުލޫމާތު އައްޑޫ ކައުންސިލާއި ހިއްސާކުރެވުނެވެ. މިބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އައްޑޫއަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ހިއްސާ ކުރެވުނެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ކައުންސިލުން ގެންގުޅޭ ތަސައްވަރާއި ސަރުކާރުން ބޭނުންވާ އެހީތެރިކަން ރައީސްގެ އަރިހުގައި ކައުންސިލަރުން ދެންނެވިއެވެ.

ޙަބަރު

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާފައިވާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރި ސިއްރު ލިޔެކިޔުންތަކެއް ކުރީ ސަރުކާރުގެ ވެރިންނާ ހިއްސާކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ. ކުރީ ސަރުކާރުން ހިންގި “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުލެޓުތައް ދޫކުރި ގޮތާ ގުޅިގެން އާންމުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތައް އެ ކޮމިޝަނުންވަނީ ތަހުގީގުކޮށްފައެވެ. އެ ކޮމިޝަނުން ކުރި ތަހުގީގުގައި ފުލެޓު ދޫކުރުމުގައި އަމަލުކުރި ގޮތް ދެނެގަތުމަށް ފުލެޓު ލިބުނު 4،000 މީހުންގެ ފޯމުތައް […]

ޙަބަރު

މޯދީ ވަނީ ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ބޭނުން ކުރަން 900 ނުރައްކައުތެރި ކިލާ ޑްރޯންސް އިޒްރޭލަށް ފޮނުވައިފިއެވެ. ހިއުމަން ރައިޓްސް އެކްޓީވިސްޓުންނާއި ދިފެންސް އެނަލިސްޓޫން ބުނާ ގޮތުގައި މިއީ އިންޑިއާއިން އިޒްރޭލައި ގުޅުން ވަރުގަދަކޮއްފައި ވާކަމުގެ ހެކިތަކެކެވެ. މިކަމާއި ހުރެ މެދު އިރުމަތީގައި ދަނީ އިންޑިއާ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ޙަބަރު

ރައީސް ދަތުރުކުރެއްވި ފުލައިޓުން ފާބައިވަޑައިގެން، އައްޑޫ ގަން ބައިނަލްއަޤުވާމީ ވައިގެ ބަދަރުން ނުކުމެވަޑައިގެންނެވުނީ މެންދުރު 12:00 ގެ ފަހުންނެވެ. އެއިރު ވަރަށް އަވިގަދަވެފައި ހޫނެވެ. އެ ހޫނުގައި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ސަރަހައްދުގައި ތިއްބެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ރައީސް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު ކުރެއްވީ ކޮޅުމަޑުލަށެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ފަދައިން އެ އިންތިޚާބުގައި އެމަނިކުފާނަށް […]

ޙަބަރު

މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫ އަށް ދަތުރު ކުރެއްވުމަށް ނިންމަވައިފިއެވެ. މަސްވެރިން ކިރި މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން މަސްވެރިން ދަނީ ކޫއްޑުގައި މުޒާހަރާ ކުރަމުންނެވެ. އަދި މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ޝިޔާމް ވަނީ […]

ޙަބަރު

އެ ވުޒާރާއިންމިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައިތް ކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ރާއްޖެ ބަނގުރޫޓުވެދާނެތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ. އެކަމާއި ގުޅިގެން އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުޅުވެފައި ވަނީ ދިވެހި އިގްދިސާތައް ގެއްލުންދިނުމަށާއި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ދޮގު ހަބަރުތައް ފެތުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމަށް ނޫން ކަމަށެވެ. އަދި […]

ސިޔާސީ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އަދި މިހާތަނަށް އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވަނީވެސް އޭނާ އެކަންޏެވެ. އެހެން ނަމަވެސް އެމްޑީޕީން ރަސްމީކޮށް މިކަން އިއުލާންކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުއްޓާ ޝާހިދް ކުރިމަތި ލުމަކީ ލީޑަރޝިޕަށް އޮޅުން އަރައި ޕާޓީ ތެރޭ ފިތުނަ އުފެދޭން ކަމެއްކަމށް ގިނަ މެމްބަރުން ދަނީ ބުނަމުން، އަދި ޝާހިދް އާއި […]