ފަހުގެ

ސަފުހާ 187 / 192

ސިޔާސީ

ގައްދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ. ދެ ކައުންސިލަރުން، ރައީސް އާ ބައްދަލު ނުކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ ގައްދޫގެ އެހެން ބައެއް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ. “މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސުން، މޭޔަރުން ފެނިވަޑައިގަންނަވާނެ ހުރިހާ ރަށެއްގެ ކައުންސިލްތައް ވަރަށް […]

ދުނިޔެ

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު 12:00 އިން ފެށިގެން ހަވީރު 17:00 ޖެހުމާ ހަމައަށެވެ. އެގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަވެ، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ […]

ޙަބަރު

ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ. “އެ އެއާޕޯޓާއި [މާވަރުލު] މި ރަށާ [ގައްދޫ] އެއްގަމުން ގުޅާލެވޭނެ. އެކަން ކުރަން ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ، އެކަމަކު އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން،” ރައީސް ވިދާޅުވި އެވެ މި ރަށުގެ […]

ޙަބަރު

ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޑަވެލި ފަދަ މަސްވެރިކަމުގައި ކުރިއަރާފައިވާ ރަށަކަށް ޖާގަ އިތުރުވެގެން ދިޔުން މުހިންމު ކަމަށެވެ. އެހެންކަމުން މިއަދު އެރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ޔަގީންކަން ދެއްވި ފަދައިން ރައީސް ޑރ.މުއިއްޒު ވަނީ ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް ހަދާނެ ކަމުގެ ޔަގީން ރަށުގެ ރައްޔިތުންނަށް އަރުވާފައެވެ.“އަޅުގަނޑު މިއަދު […]

އަޕްޑޭޓު
ސިޔާސީ

އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސް ޝާހިދަށް ދިނީ މަޖިލިސް އިންތިހާބަށް ބެހުމަށްޓަކާ އިންޑިއާ އިން އެމްޑީޕީއަށް 150 މިލިއަން ރުފިޔާ ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުންކަމަށް މީސްމީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އަދި ރާއްޖޭގެ ކަނޑު ފަޅު ވިއްޚުމުގައި ޝާހިދުގެ އަތެއް ވާ ކަމަށް ބުނެ، އިދިކޮޅު ގެ ލީޑަރަކަށް ހުރުމުގެ ގާބިލުކަން ޝާހިދުގެ ހުރިކަމާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް […]

ޙަބަރު

ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހެނދުނު ފަރެސްމާތޮޑާއަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވަނީ ކަންބޮޑުވުންތައް ސާފުކުރައްވައިފަ އެވެ. ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރި ރަށަކަށްވާތީ މަސްވެރިކަމަށް ބޭނުންކުރެވޭ އިތުރު ކަންކަމާ އެކު ބަނދަރު ބޮޑުކުރުމަށް މި އަހަރުގެ […]

ސިޔާސީ

“އިކޯ ޓޫރިޒަމް މަޝްރޫއު ވެގެން ދާނީ މި ކަމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. ސަރުކާރުގެ ވައުދުގެ ތެރޭގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިމެނޭ ކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް،” ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން، ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް، އެ ތަންތަނަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭނެ އެވެ. […]

ޙަބަރު

ރައީސް ވިދާޅުވި ގޮތުގައި 120 ބިލިއަން ދަރަނީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ކުދި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި ނުދައްކާ އަދަދު ވެސް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި މި ސަރުކާރުގެ މިދިޔަ ތިން މަސް ދުވަހުގެ މައިގަނޑު މަސައްކަތަކަށްވެފައި އޮތީ އެ ދަރަނިތައް ދައްކަން ފެށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. “މިއީކީ އަޅުގަނޑުމެން އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން. މިއަދު ސިޔާސީ ޕާޓީތަކުގެ އިސް […]

ސިޔާސީ

މަސްވެރިންނަށް މިހާތަނަށް ނުލިބި ހުރި ފައިސާ އަންނަ މާޗު މަހުގެ 5ގެ ކުރިން ޚަލާސް ކުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.އަދި ނިމިދިޔަ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ މި ސަރުކާރުން ދޭނެ ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު 200 އަށްވުރެ ގިނަ މަސްވެރިންނަށް ފައިސާ މިހާރު ދޫކުރެވިފައިވާ ކަަމަށެވެ. ” އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދޭން އޮތް. އެފައިސާއާ އެކީގައި މިއަދު އަޅުގަނޑުމެން ދުވަސްތައް […]

ޙަބަރު

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މި ބްރިޖަކީ އެ ސިޓީގެ މީހުންގެ ދިގުލައިގެން ގޮސްފައިވާ ހުވަފެނެއް ކަމަށެވެ. މި ހުވަފެން ހަގީގަތަކަށް ވާ މަންޒަރު މި ފެނުނީ އަދި ކިރިޔާ ކަމަށާއި މިއީ އޭނާގެ ސިޔާސީ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށް ނިޒާރު ވިދާޅުވި އެވެ. އެ ޖަލްސާގައި ރައީސް އާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. […]

ޙަބަރު

ދެކުނުގެ ހަތަރު އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކަށް ހަވީރު ވަޑައިގެން ވަނީ މި ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ކުދި މަގުތަކުގައި ތާރު އަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި 50 މަގުގައި ތާރު އަޅާ ގޮތަށް ނިންމާފައިވާއިރު މިއީ 12.7 ކިލޯ މީޓާރު ސަރަހައްދެކެވެ. އެ މަޝްރޫއުގެ ދެ […]

ޙަބަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރުގައި ދުވާލެއްގެ މައްޗަށް 33 މިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ދައުރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 60 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އިތުރުވެފައިވާކަން ހާމަވެއްޖެއެވެ. އަދި އެ މުއްދަތުގައި ރައީސް އިބްރާހީމުގެ ސަރުކާރުންވަނީ ދައުލަތުގެ ގެރެންޓީ ދީގެން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ނަގާފައެވެ. ފަސް އަހަރު ޖުމްލަ ނަގާފައިވާ ދަރަނީގެ އަދަދު 60.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ނޮވެންބަރު 17 2018 […]