އާރްއެސްޑަބްލިއު ފައިނޭންސިން: ރަހުނަކާ ނުލާ 4 މިލިއަނަށް ބޮޑުކޮށްފި

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ދޭ ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ފައިނޭންސިން ރަހުނަކާ ނުލާ4 މިލިއަނާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށްފިއެވެ.
މި ލޯނު ކުރިން ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމާއި ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. އެކަމަކު މިހާރު އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް މި ލޯނު ނެގޭނެއެވެ.
މި ލޯނުގެ ފައިސާ ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ ފައިދާގެ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި ހަ މަސްދުވަހުގެ ގްރޭސް މުއްދަތެއް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލޯނަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށް، މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރަށް ޒަމާނީ، ފެންވަރު ރަނގަޅު ވަސީލަތްތައް ހޯދާ ދިނުމެވެ.




ކޮމެންޓު