ދިރުވާލައިގެން ޑުރަގް އެތެރެކުރި ދެ މީހުންގެ ގައިން 142 ބުލެޓު

ދިރުވާލައިގެން ރާއްޖެއަށް ޑުރަގު އެތެރެކުރަން އުޅުނު 2 ބިދޭސީންގެ ގައިން 142 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެފައި ވަނީ ނޭޕާލަށް ނިސްބަތްވާ 47 އަހަރު ނިއްކަ ތަމަންގް ނަމަކަށް ކިޔާ ފިރިހެނަކާއި އެގައުމަށް ނިސްބަތްވާ 40 އަހަރުގެ އަންހެނެއް ކަމަށްވާ އީތުރާނީ ގަލެ އެވެ.
އޭގެ ތެރެއިން ފިރިހެން މީހާގެ ގެ ގައިގައި ފޮރިން ބޮޑީސް ހުރިކަމަށާއި، އޭނާގެ ގައިން 89 ބުލެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަ ކަމުދާ އެއްޗެހި ކޮކެއިންނަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަންދުކުރި ނޭޕާލް އަންހެން މިހާ ގައިން ވެސް 53 ބުލެޓް ވަނީ ނަގާފައެވެ. އަދި އޭނާގެ ގައިން ވެސް ފޮރިން ބޮޑީ ސަބްސްޓެންސެސްފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ، އެމީހުންގެ ބަންދަށް 30 ދުވަށް ވަނީ އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ދެމީހުން ވަނީ ދައުލަތުގެ ވަކީލަކަށް މިދިޔަ ހަފްތާގައި އެދިފައެވެ. ނަމަވެސް، އަދި ވަކީލަކު ހަމަޖެހިފައިނުވާ ކަމަށާއި، އެމީހުންގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ވަނީ ހާމަކޮށްފައެެވެ.




ކޮމެންޓު