ޙަބަރު

އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކުރީ އެ ކުންފުނީގެ2025 ވަނަ އަހަރު އަހަރީ ޖަލްސާގައެވެ. މި ޖަލްސާގައި އެ ކުންފުނީގެ59 ހިއްސާދާރުން ވަނި ބައިވެރިވެފައެވެ. އަދި ޕްރޮކްސީ މެދުވެރިކޮން14 ހިއްސާދާރުން ވަނީ ތަމްސީލުކޮށްފައެވެ.

މި ޖަލްސާގައި2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާގެ ބެހުމަށް ވަނީ ފާސްކޮށްފައެވެ. އަދި ކުންފުނީގެ2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ފައިސާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުން ރިޕޯޓް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތް ކުރުމާއި ކުންފުނީގެ މާލީ ފުދުންތެރިކަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަމުންދާ ކުންފުންޏެކެވެ. ބޮޑުތަކުރުފާނު މަގު އަލަށް ތަރަށްގީ ކުރުމާއި، އަމީނީ މަގު އަލުން ހެދުމުގެ މަސައްކަތް ވެސް ކުރަމުން ދަނީ އެމްޓީސީސީއެވެ.

 

ޝެއާ

ކޮމެންޓު