ޙަބަރު

11 ރަށެއްގެ މަގު ހެދުން އެމްޓީސީސީއަށް

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
11 ރަށެއްގެ މަގު ހެދުން އެމްޓީސީސީއަށް

ރާއްޖޭގެ11 ރަށެއްގައި މަގު ހެދުމަށް ލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.

މަގު ހަދަން ހަވާލުކޮށްފަވާ11 ރަށަކީ:

  1. އއ. ފެރިދޫ
  2. އއ. މަތިވެރި
  3. ބ. ދަރަވަންދޫ
  4. ބ. ކެންދޫ
  5. ފ. ފީއަލީ
  6. ނ. މަގޫދޫ
  7. ރ. އިންނަމާދޫ
  8. ރ. ރަސްގެތީމު
  9. ށ. ބިލެތްފަހި
  10. ށ. މާއުނގޫދޫ
  11. ކ. ދިއްފުށި

އެމްޓީސީސީން ދަނީ ގިނަ ރަށްތަކެއްގައި ގިނަ މަޝްރޫއުތަކެއް ކުރަމުންނެވެ. އެގޮތުން116 ރަށެއްގައި ގާތްގަނޑަކަށް197 ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ.

އެމްޓީސީސީން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ވެސް ޒަމާނީ ފެންވަރަށް ހަދާފަ އެވެ. އަދި އަމީނީ މަގުގެ ވެސް ތާރު ނަގައި އަލުން ހެދުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

 

ޝެއާ

ކޮމެންޓު