ފަހުގެ

ސަފުހާ 3 / 191

ޙަބަރު

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރު ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް ނިންމައިފިއެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ ދެ ބޭފުޅުން ދެއްވި ބަޔާނުގައި ވާހަކަދައްކަވަމުންނެވެ. އެކަން އިއުލާނު ކުރައްވަމުން އެމަނިކުފާނު ވަނީ ކުރެވުނު މަޝްވަރާތަކަށްފަހު ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ […]

ޙަބަރު

ރާއްޖެ އާއި ޕާކިސްތާންގެ ގުޅުމުގެ އެންމެވަރުގަދަ ބިންގަލަކީ އިސްލާމީއަގީދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާ […]

ޙަބަރު

ތަފާތު20 ދާއިރާއަކުން ޕާކިސްތާން އާއި ދިވެހިރާއްޖެ އާއި ދެމެދު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއުއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައި ވަނީ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސޮއިކުރެވުނު 20 އެއްބަސްވުން: ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ކުރިއެރުވުން -ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުން -ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ […]

ޙަބަރު

ރާއްޖެއިން ފޮލިޓިކް އެސިޑް ބޭސް ހުސްވެފައި ނުވާކަމަށާއި އެ ބޭސް މާލެއިން ލިބޭނެ ކަމަށް ސްޓޭޓްފާމާއިން ބުނެފިއެވެ. ރާއްޖެއިން ފޮލިޓިކް އެސިޑް ބޭސް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދަނީ ވާހަކަތައް ދެކެވަމުންނެވެ. މިކަން ދޮގުކުރަމުން ސްޓޭޓްފާމާއިން ވަނީ އެކުންފުނީގެ މައި ސްޓޮކްގައާއި، އަދި މި ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެ ކަމަށް ބުނެފައެވެ. މިއާއެކު، ރާއްޖެއިން މި ބޭސް ހުސްނުވާކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ. ސްޓޭޓްފާމާއިން ދިވެހި ކޮންމެ […]

ޙަބަރު

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ރައީސްއަށް ޕާކިސްތާނުން ރަސްމީކޮން ހޫނު މަރުހަބާއެއް ދަންނަވާފަ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގަ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ބޮޑުވަޒީރުގެ އިތުރުން ޕާކިސްތާނު ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ދެގައުމުގެ ގައުމީ ސަލާމަށް ފަހު ޕާކިސްތާނުގެ ބޮޑު ވަޒީރު ވަނީ ރައީސްއަށް “ގާޑް އޮފް އޮނަރ” އެއް އަރުވާފައެވެ. އަދި ފާއިތުވެދިޔަ 60 އަހަރުތެރޭ ދެޤައުމުގެ ދެމެދުގައި އޮތް […]

ޙަބަރު

ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފަ ވަނީ ވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތް ކޮށްފަވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ […]

ޙަބަރު

ރަސްމާލޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ގާނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެތަނުގައި ބިދޭސީން އުޅުމުގެ ފުރުސަތު ދިނުމުން އެހެންދީންތަކަށް ވެސް ފުރުސަތު ލިބޭނެ ވާހަތަކަކީ ހަގީގަތެއް ނޫންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ހިސާބުގަ މިހާރު ވެސް ބިދޭސީން […]

ޙަބަރު

އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ތެރެއިން ތަރައްގީކުރާ ޕްރޮޕަޓީތައް ވިއްކުމުގެ ފުރިހަމަ ބާރު އޮންނާނީ ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ހުޅުމާލެ ތަރައްގީ ކުރި އިރު ރަނަގަޅު ޕްލޭނެއް ނެތުމުން ރަނގަޅު އިންވެސްޓްމެންޓެއް މީހުން ދިރިއުޅެން ފެށުމުގެ ކުރިން ލިބިފަ ނުވާކަން ފާހަކޮށްފައެވެ. އެހެންވިޔަސް ރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ އެތަނުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި […]

ޙަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ ޕަވާޑް މަގުބައްތިތަކެއް ހަދިޔާކޮށްފި އެވެ. މި ބައްތިތައް ހަވާލުކޮށްފަ ވަނީ “ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް” މަޝްރޫއުގެ ދަށުންނެވެ. މި ހަދިޔާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރިވެގެންދާނެ އެވެ. އަދި ކަރަންޓު އުފެއްދުމަށް ތެލަށް […]

ޙަބަރު

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ މުހިންމުކަމާ ބެެހޭގޮތުން ފިނޭންސް މިނިސްޓްރީގެ މުއައްޒަފުންނަށް ސެޝަނެއް ބާއްވައިފިއެވެ. ފައިނޭންސް މިިނިސްޓްރީން އިސްވެރިންނަށް ބޭއްވުނު މި މައުލޫމާތު ސެޝަންގައި މި ހާއްސަ ގައުމީ ކެމްޕެއިނާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މަޝްރޫއުގެ ލަނޑުދަނޑިތަކަށް އަހުލުވެރިކުރުމުގެ މައުލޫމާތު ވެސް ވަނީ ދިފައެވެ. ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ “އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު” އަކީ […]

ޙަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތުގައި ރީކުރަންގޮވާލި މައްސަކައެއް ފުލުހުން ބަލަންފަށައިފި އެވެ. މިހެން ގޮވާލާފަ ވަނީ ކުރީގެ އެމްއެންޑީއެފްގެ ނާވަލް އާކިޓެކް ފަސްޓް ލެފްޓީނެންޓް އަދި މި ސަރުކާރުގެ ކިރީގެ ޓުރާންސްޕޯޓް ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޒިހާން ހަސަން އެވެ. އޭނާ ވަނީ ފޭސްބުކްގައި ރައީސް އޮފީހާއި މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލާފައެވެ. މިހެން މާނަ ދޭހަވާނެހެން ގިނަ ޕޯސްޓުތަކެއް އޭނާ ވަނީ ކޮށްފަ އެވެ. އަދި މިކަން ކުރުމުން ވަރަށް މަޖާވާނެ ކަމަށް ވެސް […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މިއީ މިމަހުގެ20 ވަނަ ދުވަހުން22 ވަނަ ދުވަހާ ހަމައަށް ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އެގައުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ އެވެ. މި ދަތުރުފުޅުގައި، ފާއިތުވި […]