ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން ތަޢާރަފުކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ހިންގާ ‘ހެލްޕް ޓު ބިލްޑް’ އަދި ‘ހެލްޕް ޓު ބައި’ ސްކީމް ތަންފީޒުކުރުމަށްޓަކައި ރާއްޖޭގެ މާލީ ހަތަރު އިދާރާއަކާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން […]
ފަހުގެ
މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކަތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މުހިންމުކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުވިދާޅުވެއްޖެއެވެ. އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭ.ސީ.އެޗް.އޭ) ގެ ކައުންސިލްގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ވަންތަކަމުގެ މައިބަދައަކީ ދިވެހީންގެ މުއްސަނދި ސަގާފީ ތަރިކަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށްޓަވާފައިވާ ގައުމީ މަޝްރޫއުގެ ފުރަތަމަ ނާސަރީ ސ. މީދޫގައި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއީ މުޅި ރާއްޖޭގައި ހާއިމުކުރުމަށް ހަމަޖެހިފައިވާ 20 ނާސަރީގެ ތެރެއިން ހިދުމަތް ދޭންފެށި ފުރަތަމަ ނާސަރީއެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަންޑާއެކު ތަރައްގީކުރި މި ނާސަރީއަކީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ގާއިމުކޮށްފައިވާ ތަނެކެވެ. މި […]
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރައިފިއެވެ. އެ ބިއުރޯއިން މި މަހުގެ 15 ގައި ޝާއިއުކުރި “މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް” (އެމް.އައި.އީ.ޖީ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަހަރުގެ […]
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދަމުންދާ ފިންގަރ ޖެޓީގައި ކޮންކްރީޓްގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ. އެމްޓީސީސީ އިން ބުނީ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ހަފުތާގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، ކޮންކްރީޓް ކުރުމަށް ބޭނުންވާ ދަގަނޑު އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ބާރުމިނުގައި ކުރިއަށްދާއިރު، އަންނަ ހަފުތާގެ ތެރޭގައި ކޮންކްރީޓްގެ އަމަލީ މަސައްކަތް […]
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ހަލުވިކުރުމުގެ ގޮތުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން ފެށުމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރީއާ ބެހޭ ވުޒާރާ އިން ނިންމައިފިއެވެ. އެވިޒާރާއިން ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު، މި އިޢުލާނު ޝާއިޢުކުރާތާ ހަތް ދުވަހުގެ ފަހުން ޑިޖިޓަލް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. […]
އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި އުސޫލުތަކުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅިފައިވާ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހްއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަޒުމު […]
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުން އަންނަ “އަމާން އުދަރެސް” ޓަވަރުތަކުގެ ދެ އެޕާޓްމެންޓެއް ގަވާދުން ކުލި ނުދެއްކުޟާއި ގުޅިގެން އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އެ ފަރާތްތަކަށް އަންގައިފިއެވެ، އެފްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ “ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުން” ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ […]
“ޑިޖިޓަލް ފޯ އޯލް” ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ “އޭ.އައި އެސެންޝަލްސް އަންޑަސްޓޭންޑިންގ އެންޑް ވޯކިންގ ވިތް އޭ.އައި” ތަމްރީނު ޕްރޮގްރާމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ފުރިހަމަކޮށްފި އެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީ.އީ.އޯ ގެ އިތުރުން އިސް މެނޭޖްމަންޓުގެ އެންމެހައި ބޭފުޅުން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. “ޑިޖިޓަލް ފޯ އޯލް” ކެމްޕޭނަކީ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް މުވައްޒަފުންނާއި […]
ސިއްހީ ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރާތީ މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ އޮތޯރިޓީ އިން ބުނެފައިވަނީ ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެތީގެ އިޝްތިހާރުތަކުގައި، ޞިއްޙީ އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ. އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ […]
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުން ބަންދުގެ މުއްދަތުޖަހައިފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައިފާސްކޮށް ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، […]
ނޫހެއްގައި ޝާއިއުކޮށްފައިވާ، ޕީ.އެން.ސީ.އަށް ސޮއިނުކުރެއްވުމުން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު މަގާމުން ވަކިކުރެއްވި ކަމަށް ބުނާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. ހާރިޖީ ވުޒާރާއިން ބުނެފައިވަނީ، ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގެ ދަށުން، ވަކި އުސޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށެވެ. އެގޮތުން، ސަފީރުން ވަކިކުރުމުގެ ނިންމުންތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ. ސަރީރު ގެންދެވީ 2024 ވަނަ […]











