ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކުމުގެ ފުރިހަމަ ބާރު އޮންނާނީ ސަރުކާރަށް: ރައީސް

އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ތެރެއިން ތަރައްގީކުރާ ޕްރޮޕަޓީތައް ވިއްކުމުގެ ފުރިހަމަ ބާރު އޮންނާނީ ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ހުޅުމާލެ ތަރައްގީ ކުރި އިރު ރަނަގަޅު ޕްލޭނެއް ނެތުމުން ރަނގަޅު އިންވެސްޓްމެންޓެއް މީހުން ދިރިއުޅެން ފެށުމުގެ ކުރިން ލިބިފަ ނުވާކަން ފާހަކޮށްފައެވެ. އެހެންވިޔަސް ރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ އެތަނުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި އުޅޭވޭނެ ވަރުކޮށްފަ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ99 އަހަރަށް އީގަލްސް ހިލްސްއަށް ކުއްޔަށް ދިނުމުގެ ސަބަބުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ވަނީ އީގަލްސް ހިލްސްއިން ރަސްމާލޭގައި އަޅާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓުރޯލް އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅޫވެފައެވެ. އެގޮތުން، 99 އަހަރަށް އެޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށް ވެސް ވަނީ ވިދާލުވެފައެވެ. އަދި މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް ކަމަށް ވިދާޅުވެފަވެއެވެ.
“މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މި މަޝްރޫއުގެ ސަބަބުން ބޮޑު ފައިދާއެއް ވާނީ ސަރުކާރަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތެއްގައިވެސް ފައިިދާވާނީ ސަރުކާރަށްކަން ފާހަގަކުރައްވާފަވެއެވެ.




ކޮމެންޓު