މާލެއިން ފޮލިކް އެސިޑް ބޭސް ލިބޭނެ: ސްޓޭޓްފާމާ

ރާއްޖެއިން ފޮލިޓިކް އެސިޑް ބޭސް ހުސްވެފައި ނުވާކަމަށާއި އެ ބޭސް މާލެއިން ލިބޭނެ ކަމަށް ސްޓޭޓްފާމާއިން ބުނެފިއެވެ.
ރާއްޖެއިން ފޮލިޓިކް އެސިޑް ބޭސް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދަނީ ވާހަކަތައް ދެކެވަމުންނެވެ. މިކަން ދޮގުކުރަމުން ސްޓޭޓްފާމާއިން ވަނީ އެކުންފުނީގެ މައި ސްޓޮކްގައާއި، އަދި މި ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.
މިއާއެކު، ރާއްޖެއިން މި ބޭސް ހުސްނުވާކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
ސްޓޭޓްފާމާއިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ވަނީ ބުނެފައެވެ.
ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މަހަންމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދިވެހި ކޮންމެ ރައްޔިތަކަށް ބޭސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ މަގުސަދުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އުފެއްދި ކުންފުންޏެކެވެ.




ކޮމެންޓު