ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ހާމަކުރިގޮތުގައި، މި ވޭޕް ކާޓްރިޖްތައް އަތުލާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އިންނެވެ.ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން މަނާކޮށްފައިވާތީ، ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ޤާނޫނީ […]
ޙަބަރު
ފަހުގެ ޚަބަރުތައް
އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ޒިންމާދާރުކަމެއް ނެތް ކަމަށާއި، ގައުމީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި އިޚްލާސްތެރިކަމެއް ނެތް އަމަލުތައް ފެންނަމުންދާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމަޖެހުން އޮންނަ ޑިމޮކްރެޓިކް ގައުމުތަކުގައި ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ފަރާތްތަކުން ވެސް ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، އެއްގަލަކަށް އަރާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން […]
ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން ކާބަފައިން ހޯދާފައި ހުރި ޤައުމުގެ ހަރުމުދާތައް އެމްޑީޕީގެ ސަރުކާރުން ވިއްކާލި ކަމަށާއި އެގޮތަށް އެމީހުން އެކަން ކުރީ ދައުލަތަށް އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނޭނގުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު الله ވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ވެރިކަން ފެށިގެން މިއުޅެނީ 17 ނޮވެމްބަރު 2023 ގައި ނޫން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން […]
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގެންގުޅުއްވި ނުބައި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީއިން އއ. އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގުތައް މަތިވަމުންދާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ޝަކުވާ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް މި ބަދަލުތައް އައިސް […]
އއ. އުކުޅަހުގެ ތަރައްގީއަށް އެންމެ ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އުކުޅަހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ބޭނުންވާކަމާއި، އަލަށް ހިއްކި ސަރަހައްދާ ގުޅުވައިގެން އިތުރު ބިން ހިއްކުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ. މީގެ އިތުރުން، މިހާރު ހިއްކާފައިވާ ސަރަހައްދަށް […]
އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އިބްރާހީމް އަޒީމް އެވެ. މި މަޝްރޫއުގެ ދަށުން އއ. އުކުޅަހުގައި 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވަނީ އަލްޓެކް […]
ރާއްޖެއަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ސާމާނު ފަސޭހައިން ލިބޭނެ ގޮތްތައް ހެދުމަށްޓަކައި، ސްޓޭޓް ފާމާއާއި ޔޫރަޕްގެ މަޝްހޫރު އެސްޓްރަޒެނިކާ ކުންފުނީގެ މަންދޫބުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ސްޓޭޓްފާމާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ އަސާސީ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް ޔަގީންކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމާއި، ދެމެހެއްޓެނިވި ވަރުގަދަ ގުޅުމެއް އުފެއްދުމެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާދާއިރާއެއްގައި ޚިޔާލު […]
ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށްޓަކައި، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށާއި އައު އީޖާދުތަކަށް އިންވެސްޓް ކުރުން މަތީ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ދައުލަތެއްގެ ދެމެހެއްޓެނިވި ކުރިއެރުން ބިނާވަނީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ދެފުށް ފެންނަ ނިޒާމެއްގެ މައްޗަށެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިމަތިވާ ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީއާއި އައު އުފެއްދުންތަކަށް ފުރުސަތުދީ، އިންވެސްޓްމަންޓްތައް އިތުރުކުރުން ކޮންމެހެން ބޭނުންތެރިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން […]
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާޚާނާ ބަރި ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓާ ހަވާލުކޮށްފިއެވެ. ރަސްފަންނު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އިމާރާތް ހަވާލުކޮށްދެއްވީ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު މުއީންއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މި ތަނާ ރަސްމީކޮށް ހަވާލުވެލެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުން ފަރުމާކޮށް، އެ […]
ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ހިމަބިހި ޖެހިގެން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 199 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. ކުރީ ހަފުތާގައި 20 ކޭސް ފެނިފައިވީ ނަމަވެސް، ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު މިހާރު ވަނީ […]
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އަލަށް 167 ފަރާތެއް އިތުރުވެފައިވާކަމަށް،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ފައިސާއަކީ ދަފްތަރުގައި ހިމެނޭ ޝަރުތުހަމަވާ އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށާއި، ތެރަޕިއުޓިކް ފަރުވާތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރި މުހިންމު އިނާޔަތެކެވެ. އެންސްޕާ އިން މިއަދު އާންމުކުރި އެންމެ […]
ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކާއި އެކަނިވެރި މައިންބަފައިންނަށް އެހީތެރިވުމަށް ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 16.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ބޮޑު ހޭދައަކީ އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އެހީގެ ދަށުން ދިވެހި އާއިލާތަކުގެ ހިތްތަކަށް ލިބިގެންދިޔަ ބޮޑު […]











