ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާއެކު މަސައްކަތް ފަށައިފި

ރާއްޖެއަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ސާމާނު ފަސޭހައިން ލިބޭނެ ގޮތްތައް ހެދުމަށްޓަކައި، ސްޓޭޓް ފާމާއާއި ޔޫރަޕްގެ މަޝްހޫރު އެސްޓްރަޒެނިކާ ކުންފުނީގެ މަންދޫބުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސްޓޭޓްފާމާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ އަސާސީ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް ޔަގީންކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމާއި، ދެމެހެއްޓެނިވި ވަރުގަދަ ގުޅުމެއް އުފެއްދުމެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ހެދުމަކީ އެކުންފުނީގެ އެންމެ ބޮޑު އަމާޒުކަން ފާހަގަކުރަމުން ސްޓޭޓް ފާމާއިން ބުނީ، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެ ކުންފުނިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރިއެވެ.






ކޮމެންޓު