ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 179 / 179

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ. މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ “ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް” އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހުން ކަމަށެވެ.އެ ލިސްޓުގައި ހުރީ އެ މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށާއި އޭސީސީން މިނިސްޓްރީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދި ނުދޭތީ އެ ލިސްޓާ ގުޅޭ އިތުރު ތަފުސީލް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް […]

ޙަބަރު

މިއަދު ހެނދުނު 10:30 އެހާކަންހާއިރު އޭސީ މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތެއްގެ ނުވަވަނަ ބުރިން ސިޑި ގޮޅިން ވެއްޓުނީ 20 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ނުވަވަނަ ބުރިން ވެއްޓި ޖެހުނީ ބިންމަތީގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެނގިފައިވާއިރު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 1:40 ހާއިރު ވަނީނިޔާވެފައިއެވެ.

ޙަބަރު

ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އާންމުކުރި ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ ފޯމުގައި ފީ ނެގުން ހުއްޓާލާއި، އަމުރަށް އެދި ހުށަހަޅާ ފޯމު 14 ޞަފުހާއިން 6 ސަފްޙާއަށް ވަނީ މަދުކޮށްފައެވެ.