ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 178 / 179

ޙަބަރު

ރާޢްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ހިންގާ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ނިންމާލައިފިއެވެ. އެގޮތުން، އިމާމުން ތަމްރީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމެކެވެ. އެ މަޝްރޫއުގެ ދަށުން ގއ. އަތޮޅާއި ގދ. އަތޮޅުގެ 17 ރަށަކުން ޖުމްލަ 77 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 64 ބައިވެރިންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި ރާއްޖެ އިން […]

އަޕްޑޭޓު
ޙަބަރު

އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗުމަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވައި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.ގުރުއަތު ނެގުން އޮންނާނީ މާދަމާ 14:30 އިން ފެށިގެން 18:30 އާ ދެމެދު އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށާއި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން […]

ޙަބަރު

އެމްޑީޕީ އެކްޓިވިސްޓެއް ކަމުގައިވާ ހުމައިދާ އަބްދުލްޤަފޫރު, ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާކަމަށްބުނެ, ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމްކޯޓުގައި, ހައިކޯޓުގެ އަމުރު އިސްތިއުނާފް ކުރުމުން އެކޯޓުން ވަނީ ހައިކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ. ސުޕްރީމްކޯޓުގެ މިއަމުރުގެ ސަބަބުން ގުޅިފަޅުގެ ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެޅިފައި އޮތް ހުރަސްތައް ނެތުނީއެވެ.

ޙަބަރު

ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައިއެވެ. ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ރައީސް ދެއްވި ތަގުރީރުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު އިއުލާން ކުރައްވައިފިއެވެ.

ޙަބަރު

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓު އަދި އުތެމާ ޖަމިއްޔާގެ ފައުނޑިން މެމްބަރެއް ކަމަށްވާ ހުމައިދާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. ހައި ކޯޓުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހުކުމް ކުރީ އެމްޑީޕީ އެކްޓިވިސްޓް ހުމައިދާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ މަސައްކަތް މަޑުޖައްސާލަން ވަގުތީ އަމުރަކަށް […]

ޙަބަރު

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަލިކުގައި ގާއިމްކުރާ އިންޑިއާ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒު އިފްތިތާހުކޮށްދެއްވާނީ އަންނަ މާޗުމަހުގެ 4 ނުވަތަ 5 ވަނަ ދުވަހު އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރި ރަޖުނަތު ސިންގް އެވެ. މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މަލިކުގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަށްފަހު، ކަނޑުގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި، އަގާޓީ އާއި މިނިކޮއި އައިލެންޑްސްގައި ވައިގެ މަރުކަޒުތަކާއި އެކު ކަނޑުގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، ކަނޑުގެ އަސްކަރިއްޔާގެ ފައުޖުތައް […]

ޙަބަރު

“ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށް ދެއްވައި، އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން އެކުލަވާލި “ހަފްތާ 14” ގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ވަރަށް ގިނަ ކަންތައްތަކެއް އެކުލެވި، މިހާރު ފެށިގެންދާ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ސުންގަޑި ހަމަވިއިރު އިލެކްޝަންސް ކޮމިޝަން، (އީސީ)އަށް 381 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ. އީސީން ވަނީ ފޯމު ބަލައިގަތުމުގެ ވަގުތު، އިތުރު ނުކުރަން ނިންމާފައެވެ. މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު، އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑްގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން […]

އަޕްޑޭޓު
ޙަބަރު

“ރަސްމާލެ” ތަރައްގީ ކުރާނީ ޒަމާނީ ތަރައްގީ ފެންނާނެ އިންގިލާބީ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުބާއީގައި ކުރިއަށްދާ “އިންވެސްޓް މޯލްޑިވްސް” ފޯރަމްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ސަރުކާރުން ފެށި “ރަސްމާލެ” ތަރައްގީ ކުރާނީ ތިމާވެއްޓާ ރަށްޓެހި ރަށެއްގެ ގޮތުގައި ކަމަށެވެ

ޙަބަރު

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓް ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް ވަނީ މިދިޔަ މަހު ބޭއްވި މާލެ ސިޓީ މޭޔަރު އިންތިހާބުގެ ކެމްޕެއިންގައި އިއުލާން ވެސް ކުރައްވާފަ އެވެ. އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ވަނީ ހަރުކޮށްފަ އެވެ. އޭގައި ވާގޮތުން އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ […]

ޙަބަރު

ބަނގުރަލަކީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ކަށަވަރުކޮށްދީފިއެވެ.މިހާރު މީސް މީޑިއާގައި ދަނީ ޒަމްޒަމް ފެނުން %15 އިމްޕޯޓް ޓެކްސް ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީ ފްރީ 0% ކަމަށް ބުނާ ޕޯސްޓެއް ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ކަސްޓަމްސްއިން ވިދާޅުވީ، ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެވެ. “އަދި ކަސްޓަމްސް ވެބްސައިޓްގައި […]

ޙަބަރު

ރާއްޖެއަށް ކުރިމަތިވެފައި ހުރި މާލީ އަދި އިޤުތިޞާދީ ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނުގެ އަމާޒަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެސެޓުތައް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް އެކަށީގެންވާ މުހުތަރަމު ދިރިއުޅުމެއް ހޯދައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ދުބާއީގެ ބުރުޖުލް ޢަރަބުގައި ކުރިއަށްދާ އިންވެސްޓުމެންޓު ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ހައިސިއްޔަތުން އަދި ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައި ހުރީ ގިނަގުނަ ގޮންޖެހުންތަކެއް ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ބާޒާރުން ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، […]