ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ސަރުކާރުން ނެގި ލޯނުތަކަށް އެކަނި 2.2 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. އެހެންވެ، ދޮޅު މަސް ތެރޭ މިވަނީ، ޖުމްލަ ދައްކަން ޖެހޭ އަދަދުގެ 20 ޕަސެންޓު ދައްކައިފަ އެވެ. ދަރަނި އަދާކުރަން މި އަހަރު ޖުމްލަ 6.3 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހެ އެވެ. އަދި އަންނަ އަހަރު ދަރަނި އަދާކުރަން 8.7 ބިލިއަން ރުފިޔާ އަންބުރާ ދައްކަން ޖެހެ އެވެ. އަދި […]
ޙަބަރު
ފަހުގެ ޚަބަރުތައް
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސިޓީގައި ވަރަށް ގިނަ މަސައްކަތްތައް ފެށިފައި ހުއްޓިފައިވެސް އެބަ ހުރި ކަމަށެވެ. ގޯސްކޮށް ކުރެވިފައިވެސް އެބަ ހުރި ކަމަށް ވިދާޅުވިއެެވެ. “މިސާލަކަށް މަގު ހެދުމުގެ މަސަައްކަތް، މުޅި ސިޓީއަށް ބަލައިފިއްޔާ އަލުން ބަލުން ކުރަން ޖެހިފައި އޮތް މަސައްކަތަކަށް ވެފައި މި އޮތީ،”،. ރައީސް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ނިންމާފައި އޮތީ […]
ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި ތަރައްގީގެ މަސައްކަތްތައް ފަށަން މަޑު ކުރުމަކީ ޒިންމާދާރު ގޮތެއް ކަމަަށް ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސީޓިގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބްރިޖްގެ ޑިޒައިން ފީސިބިލިޓީގެ މަސައްކަތް ހިލޭ އެހީގައި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމިގެން ކުރެވޭ ބްރިޖްގެ މަސައްކަތް […]
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި އައްޑޫ ސިޓީގައި ސަރުކާރުން ހިންގަން ފަށާފައިވާ އަދި, ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނުވެ. އަދި މިގެ އިތުރުން މަސައްކަތް ހަވާލުކުރެވިފައިވާ ހިތަދޫ ބްރިޖް މަޝްރޫޢުގެ މަޢުލޫމާތު އައްޑޫ ކައުންސިލާއި ހިއްސާކުރެވުނެވެ. މިބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އައްޑޫއަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ހިއްސާ ކުރެވުނެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ކައުންސިލުން ގެންގުޅޭ ތަސައްވަރާއި ސަރުކާރުން ބޭނުންވާ އެހީތެރިކަން ރައީސްގެ އަރިހުގައި ކައުންސިލަރުން ދެންނެވިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާފައިވާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރި ސިއްރު ލިޔެކިޔުންތަކެއް ކުރީ ސަރުކާރުގެ ވެރިންނާ ހިއްސާކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ. ކުރީ ސަރުކާރުން ހިންގި “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުލެޓުތައް ދޫކުރި ގޮތާ ގުޅިގެން އާންމުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތައް އެ ކޮމިޝަނުންވަނީ ތަހުގީގުކޮށްފައެވެ. އެ ކޮމިޝަނުން ކުރި ތަހުގީގުގައި ފުލެޓު ދޫކުރުމުގައި އަމަލުކުރި ގޮތް ދެނެގަތުމަށް ފުލެޓު ލިބުނު 4،000 މީހުންގެ ފޯމުތައް […]
މޯދީ ވަނީ ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ބޭނުން ކުރަން 900 ނުރައްކައުތެރި ކިލާ ޑްރޯންސް އިޒްރޭލަށް ފޮނުވައިފިއެވެ. ހިއުމަން ރައިޓްސް އެކްޓީވިސްޓުންނާއި ދިފެންސް އެނަލިސްޓޫން ބުނާ ގޮތުގައި މިއީ އިންޑިއާއިން އިޒްރޭލައި ގުޅުން ވަރުގަދަކޮއްފައި ވާކަމުގެ ހެކިތަކެކެވެ. މިކަމާއި ހުރެ މެދު އިރުމަތީގައި ދަނީ އިންޑިއާ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
ރައީސް ދަތުރުކުރެއްވި ފުލައިޓުން ފާބައިވަޑައިގެން، އައްޑޫ ގަން ބައިނަލްއަޤުވާމީ ވައިގެ ބަދަރުން ނުކުމެވަޑައިގެންނެވުނީ މެންދުރު 12:00 ގެ ފަހުންނެވެ. އެއިރު ވަރަށް އަވިގަދަވެފައި ހޫނެވެ. އެ ހޫނުގައި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ސަރަހައްދުގައި ތިއްބެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ރައީސް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު ކުރެއްވީ ކޮޅުމަޑުލަށެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ފަދައިން އެ އިންތިޚާބުގައި އެމަނިކުފާނަށް […]
މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫ އަށް ދަތުރު ކުރެއްވުމަށް ނިންމަވައިފިއެވެ. މަސްވެރިން ކިރި މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން މަސްވެރިން ދަނީ ކޫއްޑުގައި މުޒާހަރާ ކުރަމުންނެވެ. އަދި މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ޝިޔާމް ވަނީ […]
އެ ވުޒާރާއިންމިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައިތް ކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ރާއްޖެ ބަނގުރޫޓުވެދާނެތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ. އެކަމާއި ގުޅިގެން އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުޅުވެފައި ވަނީ ދިވެހި އިގްދިސާތައް ގެއްލުންދިނުމަށާއި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ދޮގު ހަބަރުތައް ފެތުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމަށް ނޫން ކަމަށެވެ. އަދި […]
މާލޭގެ ގާއިމް ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިސްރަށްވެހިންނަށް ދޭން ޖެހޭ އިސްކަން މި ސަރުކާރު މެއިންސްޓްރީމްކޮށްގެން ދޭން ފަށާފައިވާ ކަަމަށެވެ. “ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކިކަހަލަ ރިސޯސެތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރު މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،”. ރައީސް ވިދާޅުވިއެވެ.
25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމާ، ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތަކެވެ. ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ […]
އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހާ އަޅައި ބަލާއިރު ޖަނަވަރީ މަހު ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ މި ބަލި އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުގައި ކަމަށެވެ. ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.











