ޙަބަރު

އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އާމިނަތު ރޫޔާ

1 މިނިޓު
އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އިބްރާހީމް އަޒީމް އެވެ.

މި މަޝްރޫއުގެ ދަށުން އއ. އުކުޅަހުގައި 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ކުންފުންޏާއެވެ. އަދި މި ހައުސިންގ ޔުނިޓްތަކުގެ މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތެކެވެ.

ގާތްގަނޑަކަށް 1,200 މީހުންގެ އާބާދީއެއް އޮންނަ އއ. އުކުޅަހުގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކައިދީފައެވެ. މިގޮތުން އަލަށް ހިއްކި ބިމުން ރަށުގެ ރައްޔިތުންނަށް 250 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ކުރިން އިއުލާންކުރައްވާފައެވެ.

އުކުޅަހަކީ ފަތުރުވެރިކަމާއި އާބާދީގެ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، ނަމަވެސް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ރަށެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

ޝެއާ

ކޮމެންޓު