ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކޮށް ޒަމާނީކުރުމަށް ނޭޝަނަލް ކެރިއަރ ސަރވިސްއިން “މައި ކެރިއަރ ޕޯޓަލް” އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ކަންކަމާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ޕްލެޓްފޯމެކެވެ. މި ޕޯޓަލްއަކީ ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން އިސްނަގައިގެން، ވޯލްޑް ބޭންކުގެ އެހީގައި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ނިމިދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ނުގެންގޮސް ހުއްޓިފައިވާ ސިއްހީ ދާއިރާގެ މަޝްރޫތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން، ދައުލަތުން އެޑްވާންސްގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށްނުދިއުމުގެ ސަބަބުން […]
ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓް ސަރަހައްދު ސާފުކުރުމަށް ހިންގި ބޮޑު ހަރަކާތުގައި، އެ ސަރަހައްދުން އެކަނިވެސް 670 ޓަނުގެ ކުނި ސާފުކޮށްފިއެވެ. މިއީ ގާތްގަނޑަކަށް 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަން ކަމަށްވާއިރު، މާދަމާގެ ނިޔަލަށް އެ ސަރަހައްދުގައި ބާކީ ހުރި ކުނިތައް އެއްކޮށް ސާފުކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޑީސީން ހިންގާ ‘މަދިރިން ރައްކާ’ ޕްރޮގްރާމުގް ގެ ދަށުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ […]
ދިވެހި ބަހާއި، ފަންނާއި ސަގާފަތުގެ ދާއިރާއަށް އިސްކަންދިނުމަކީ މުޅި ގައުމުގެ ކުރިއެރުމަށާއި، އަންނަން އޮތް ޖީލުތަކަށް ގައުމިއްޔަތު ފޯރުކޮށްދިނުމަށްޓަކައި މުހިންމު ކަމެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، ނައިފަރުން ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްޗި ނައިބޮލި މަދަހަ މުބާާރާތް ނިންމުމުގެ ރަސްމިއްޔާރު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ދިވެހި ބަހާއި، ސަގާފަތާއި، ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ […]
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ގައްދޫގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ. ސަރުކާރުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، މާލެއަށް ބަރޯސާނުވެ ރަށްރަށުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު […]
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާގުޅޭ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފިއެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި ހޮޓެލް ޖެންގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވަމުން އަންނަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކުންފުނީގެ އެންމެ މުހިންމު ސްޓޭކްހޯލްޑަރުން ކަމަށްވާ ޝިޕިންގް […]
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. އެޗްޕީއޭއާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި “ބިއޯންޑް އެއާލައިން” އިން އެހީތެރިކަން ފޯރުކޮށްދިންއިރު، އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރާ ގޮތަށް މި […]
ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ފިޝަރީޒް މިނިސްޓްރީއިން ބުނީ، މި ސެންޓަރަކީ ޗައިނާ ސަރުކާރާއި އެ މިނިސްޓްރީއާ […]
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފިއެވެ. ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އޮފީސްތަކުގެ ވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ […]
ވޭތުވެދިޔަ މަހު ސީ-ޓު-އެއަރ ކާގޯ (ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ) ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު މުދާ ފޮނުވި އަދަދު އިތުރުވެ، މި ޚިދުމަތަށް ލިބެމުންދާ ތަރުހީބު ބޮޑުވަމުންދާކަން ހާމަކޮށްދޭ ކުރިއެރުމެކެވެ. އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ބޭނުންކޮށްގެން ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 88 އިންސައްތަ އިތުރެވެ. […]
ގިނަ އަދަދެއްގެ ކޮކެއިން ބަނޑުތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ބޭރު މީހަކު ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. ކަސްޓަމްސް އިން ޖުލައި 19 ގައި ހިންގި މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެ މީހާ ދިރުވާލައިގެން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތީ ޖުމްލަ 66 ބުލެޓުގެ ކޮކެއިންއެވެ. މަސްތުވާތަކެތި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރުން އިތުރުވުމާ ގުޅިގެން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް […]
ން މަހު ރާއްޖެއަށް ކުރި އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިން ދައުލަތަށް 400 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހު އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިން ދައުލަތަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ މެއި މަހާ އަޅާބަލާއިރު އިތުރުވެފައެވެ. މެއި މަހު ދައުލަތަށް 322 މިލިއަން ރުފިޔާ ލިބުނުއިރު، ޖޫން މަހުގެ އާމްދަނީ ވަނީ 400 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، މެއި މަހު ރާއްޖެއަށް އެތެރެކުރި […]











