ޙަބަރު

ދެ މަސްދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް 167 މެންބަރުން އިތުރުވެއްޖެ

އާމިނަތު ރޫޔާ

1 މިނިޓު
ދެ މަސްދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް 167 މެންބަރުން އިތުރުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އަލަށް 167 ފަރާތެއް އިތުރުވެފައިވާކަމަށް،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ފައިސާއަކީ ދަފްތަރުގައި ހިމެނޭ ޝަރުތުހަމަވާ އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށާއި، ތެރަޕިއުޓިކް ފަރުވާތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރި މުހިންމު އިނާޔަތެކެވެ.

އެންސްޕާ އިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީ މަހު އެ އެޖެންސީން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން ދަފްތަރުގައި 15,236 މީހުން ތިބިއިރު، މިއަދު އާންމުކުރި މައުލޫމާތުތަކާއެކު މި އަދަދު ވަނީ 167 އިތުރުވެފައެވެ.

ޖުމްލަ އާބާދީގެ އުމުރުފުރާތަކަށް ބަލާއިރު، މި ދަފްތަރުގައި އުމުރުން 18 އަހަރުން ދަށުގެ 5,226 ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3,636 ފިރިހެން ކުދިންނާއި 1,590 އަންހެން ކުދިންނެވެ. މީގެ އިތުރުން، އުމުރުން 10 އަހަރާއި 64 އަހަރާ ދެމެދުގެ 7,773 މީހުން ތިބިއިރު، އުމުރުން 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ 2,404 ފަރާތެއް މި ދަފްތަރުގައި ހިމެނޭ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

  • ޖިސްމާނީ ނުކުޅެދުންތެރިކަން : 4,287 ފަރާތް
  • އެކި ގޮތްގޮތުން ހުންނަ ނުކުޅެދުންތެރިކަން: 3,489 ފަރާތް
  • ނަފްސާނީ ނުކުޅެދުންތެރިކަން 2,284 ފަރާތް
  • ސިކުނޑީގެ ނުކުޅެދުންތެރިކަން: 1,841 ފަރާތް
  • ވާހަކަނުދެއްކުމާއި އަޑުނީވުމުގެ ނުކުޅެދުންތެރިކަން : 1,828 ފަރާތް
  • ފެނުމުގެ ނުކުޅެދުންތެރިކަން : 1,025 ފަރާތް
  • އޯޓިޒަމް : 590 ފަރާތް
  • އުނގެނުމުގެ ނުކުޅެދުންތެރިކަން : 58 ފަރާތް

މީގެއިތުރުން،ތަފާސްހިސާބުތައް ދައްކާގޮތުން، ނުކުޅެދުންތެރިކަން ހުންނަ 15,146 ފަރާތަކަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 55،929،000  ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޝެއާ

ކޮމެންޓު