ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ސަރުކާރުންދޭ ހިލޭ އެހީގެ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި މީހުންނަށް ޖުމްލަ 8 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފިއެވެ. އެންސްޕާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން،އޭޕްރީލް މަހު އޭޑީކޭ ހޮސްޕިޓަލުން އެނދުމަތިކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް 3.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ފަރާތްތަކަށް […]
ޙަބަރު
ފަހުގެ ޚަބަރުތައް
މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، ދިވެހި ރުއް އިންދުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީއިން ފަށައިފިއެވެ. އެމްޓީސީސީއިން ހާމަކުރިގޮތުގައި މި މަޝްރޫއަކީ ދިވެހިވަންތަކަމުގެ ރަމްޒުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވެއްޓެއް މާލޭގައި ގާއިމުކުރުމަށް ފެށި އިސްނެގުމެކެވެ. މިއީ މާލޭގެ އުތުރު ބަނދަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ބޮޑުތަކުރުފާނު މަގުގެ ކަނޑައެޅުނު […]
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅިގެން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން މިއަދު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން،އެމް.ޕީ.އެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމް.ޕީ.އެލް އިން ބުނިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް […]
އަމީނީ މަގުގެ ސެގްމެންޓް 1 ގެ މަސައްކަތް ފެށުމާ ގުޅިގެން، މުދާ އުފުލާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ޓާމިނަލަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނައީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ކުރިއަށްދާ މަސައްކަތްތަކަށް އެހީތެރިވުމަށާއި، ބަރު މެޝިނަރީ ބޭނުންކުރާ ވަގުތު ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަމީނީ މަގުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ، ކުރިން އެޅި ތާރުގަނޑު ހަލާކުވެ ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، […]
އަމީނީ މަގުގެ ސެގްމެންޓް 1 ގެ މަރާމާތުކުރުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމް.ޓީ.ސީ.ސީ) އިން ފަށައިފިއެވެ. އެގޮތުން، އެމްޓީސީސީ އިން ހާމަކުރިގޮތުގައި،މި މަސައްކަތަށް ބޭނުންވާ ބަރު މެޝިނަރީތައް ރޭގެ ވަގުތެއްގައި ސައިޓަށް ބަދަލުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުން ތާރު ފަށަލަ ނެގުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތަކެވެ. މި ސެގްމެންޓްގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. އަމީނީ މަގަކީ ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ […]
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުން ހިންގަމުންދިޔަ 107 ވިޔަފާރިއެއް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއިން ހިންގި ޚާއްޞަ ބަލައިފާސްކުރުންތަކެއްގައި ބަންދުކޮށްފިއެވެ. މި ބަލައިފާސްކުރުންތަކުގައި ޖުމްލަ 274 ތަނެއް ބަލާފައިވާއިރު، ބަންދުކުރި ތަންތަނުގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއަށް ފެތުމުން 68 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.ހަމަމިއާއެކު، އާންމުންގެ ފަރާތުން ޖުމްލަ 447 ޝަކުވާއެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްގެން […]
އަމީނީ މަގު ހެދުމުގެ މަސައްކަތް ފެއްޓުަމާއެކު، އާރުޓީއެލް ބަސް ތޫޓްތަކަށް އެމްޓީސީސީއިން ބަދަލުތަކެއް ގެނެސްފިއެވެ. މި މަރާމާތަކީ އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެ، ބޮޑެތި ވަޅުގަނޑުތައް ހެދި ދަތުރުފަތުރަށް ދަތިވުމުގެ ސަބަބުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ބަންދުކުރެވުނު ބަސް ހުއްޓިތައް: ސޯޝަލް ސެންޓަރު ބަސް ހުއްޓި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބަސް ހުއްޓި ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި ބަސް ރޫޓްތަކަށް ގެނެވުނު ބަދަލުތައް […]
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، މިދިޔަ ޖުލައި މަހު އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. އެމްއޭސީއެލް އިން ބުނީ،މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ވީއައިއޭއިން ވަނީ މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް ކާގޯ އުފުލައި، އެއަރޕޯޓުގެ ކުރީގެ ހުރިހާ ރެކޯޑުތަކެއް މުގުރާލާފައެވެ. މިއީ […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވޭތުވެދިޔަ އަށް މަހު 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އަމާން ޓަވަރުތަކުން 3,178 ޓަނުގެ ކުނި އުކާލުމަށް 8.45 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މެއި މަހުން ޖޫން މަހަށް 1,862 ޓަނުގެ ކުނި ނައްތާލުމަށް 4.95 މިލިއަން […]
މާބަނޑު ދުވަސްވަރުގެ ޗުއްޓީއާއި މުސާރައާއެކު ދޭ ނާސިންގ ބްރޭކްގެ ބޭނުން ފުރިހަމައަށް ހިފުމަށް މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސް ކުރައްވައިފިއެވެ. ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާއާ ގުޅިގެން މެޑަމް ސާޖިދާ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،ދަރިފުޅަށް ދޭ ކޮންމެ ކާނާއަކާއި، ހޭލާ ހޭދަކުރާ ކޮންމެ ދަމަކާއި، އަދި ކުރާ ކޮންމެ މަސައްކަތަކީ ލޯބީގެ މަތިވެރި ރަމްޒެއް ކަމަށެވެ. “ގާތުންދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ތިޔަބޭފުޅުންގެ ދަރިފުޅުގެ އެންމެ ފުރަތަމަ އައްޑަނައެވެ. އެއީ ދަރިފުޅުގެ ދިފާޢީ […]
ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ، 24.1 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އިން ހާމަކުރިގޮތުގައި، މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައިއިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، […]
2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ، ސިނަމާލެ ބްރިޖް، އަދި ހައިވޭގައި 1،355 އެކްސިޑެންޓް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް މާލޭގައި ހިނގާފައިވާއިރު، ޖުމްލަ އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ފުލުހުންގެ […]











