ޙަބަރު

އަމީނީމަގުގެ މަސައްކަތް:މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ޓާމިނަލަށް!

އާމިނަތު ރޫޔާ

1 މިނިޓު
އަމީނީމަގުގެ މަސައްކަތް:މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ޓާމިނަލަށް!

އަމީނީ މަގުގެ ސެގްމެންޓް 1 ގެ މަސައްކަތް ފެށުމާ ގުޅިގެން، މުދާ އުފުލާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ޓާމިނަލަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނައީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ކުރިއަށްދާ މަސައްކަތްތަކަށް އެހީތެރިވުމަށާއި، ބަރު މެޝިނަރީ ބޭނުންކުރާ ވަގުތު ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަމީނީ މަގުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ، ކުރިން އެޅި ތާރުގަނޑު ހަލާކުވެ ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، މަގު އެއްކޮށް މަރާމާތުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ،

މާލޭގެ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހިންގުނު އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫއެވެ. މި މަޝްރޫއުގެ ބެކްގްރައުންޑަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ޖުލައި 2022 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އިން މި މަސައްކަތް 84.4 މިލިއަން ދިވެހި ރުފިޔާއަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން، ޔުޓިލިޓީ ކޭބަލްތައް އެޅުމަށް ޑަކްޓް ސިސްޓަމްތައް ހެދުން ހިމެނެއެވެ. ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ފަހު ދެ ސެގްމަންޓް ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި މަގު އެއްކޮށް އާންމުންނަށް ހުޅުވާލީ ޖެނުއަރީ 2024 ގައެވެ. ނަމަވެސް، މަގު ހަދައި ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން،ހައުސިން މިނިސްޓްރީއިން 84.4 މިލިއަން ދިވެހި ރުފިޔާއަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން، ޔުޓިލިޓީ ކޭބަލްތައް އެޅުމަށް ޑަކްޓް ސިސްޓަމްތައް ހެދުން ހިމެނެއެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ފަހު ދެ ސެގްމަންޓް ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި މަގު އެއްކޮށް އާންމުންނަށް ހުޅުވާލީ ޖެނުއަރީ 2024 ގައެވެ. ނަމަވެސް، މަގު ހަދައި ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން، މިހާރު (އޯގަސްޓް 2026 ގައި) ބިނާރާ ބެހޭ ވުޒާރާއިން ވަނީ މި މަގު އަލުން މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައެވެ.

ޝެއާ

ކޮމެންޓު