ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 28 / 179

ޙަބަރު

ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިބާރުވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރަށް ފުރުމުގެ ކުރިން ހުރިހާ އުޅަނދަކުންވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ […]

ޙަބަރު

ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރި “ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް”އަށް މިއަދުއިން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ،ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓްއަށް ރަސްމީކޮށް އަމަލުކުރަން ފެށި ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ. ލީޑަރުންގެ ތަޞައްވުރު: މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު […]

ޙަބަރު

ބޮޑުތަކުރުފާނު މަގުގައި ފެންހިއްކުމަށް ބޭނުންކުރާ ތިން ޕަންޕު އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ހަރުކޮށް ނިންމާނެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެެވެ. ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ފެންހިއްކުމަށް ބޭނުންކުރާ ތިން ޕަންޕު އޮގަސްޓް މަހުގެ 15 ގެ ކުރިން ހަރުކޮށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މަގު މިހާރު އާންމުންނަށް ހުޅުވާލާފައިވީ ނަމަވެސް، ކުރިންވެސް އިއުލާންކޮށްފައިވާ ފަދައިން ބައެއް ނުނިމި ހުރި […]

ޙަބަރު

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ކަނޑުމަގުން ގެނައި މުދާ ބަލައިފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 2,231 ގްރާމް (2.2 ކިލޯއަށްވުރެ ގިނަ) ހުއްޓެވެ. މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމީން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. “މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، […]

އަޕްޑޭޓު
ޙަބަރު

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މަޝްރޫއު، އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ހުރިހާ މެންބަރުންގެ ފާސްވުމާއެކު މިހާރު […]

އަޕްޑޭޓު
ޙަބަރު

ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، އެފަދަ ޢަމަލުތައް ހުއްޓުވޭނެ ފަދަ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ. މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ބަޔާނުގައިވާ ގޮތުން، ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، ހުއްޓުވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. އެހެންކަމުން، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން އިތުރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް މިނިސްޓްރީން […]

އަޕްޑޭޓު
ޙަބަރު

ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (އެމް.އެލް.އީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ. މިއީ އެއަރޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެމްއޭސީއެލް އިން ހާމަކުރިގޮތުގައި،ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ […]

އަޕްޑޭޓު
ޙަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ދެވަނަ ކުއާޓާގައި،ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ހޯދައިފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާ ގުޅިގެން، ކުރީ ކުއާޓާޔާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ. އެސްޓީއޯ އިން ބުނި ގޮތުގައި ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރި މަސައްކަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް […]

ޙަބަރު

ވޭތުވެދިޔަ ހަފުތާގައި އަލަށް 20 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާތީ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހީގެ ފުރަތަމަ ކޭސް މިފަހަރު ފެނިފައިވަނީ ޖޫން މަހުގެ ކުރީކޮޅުއެވެ. އެޗްޕީއޭއިން ބުނިގޮތުގައި ވޭތުވެދިޔަ ހަފުތާގައި ފެނުނު 20 ކޭސްވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ފެށި ޚާއްޞަ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12,000 […]

އަޕްޑޭޓު
ޙަބަރު

ރަތްކަނޑުން ދަތުރުކުރި ސައޫދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ގުރޫޕުން ދިން ހަމަލާ ދިވެހި ސަރުކާރުން އިބާރާތުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅީގެ ހަމަޖެހުން ގެއްލޭގޮތަށް ދޭ މި ހަމަލާތަކަކީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.އަދި މިއީ ދުނިޔޭގެ ހަކަތައިގެ ސަލާމަތާއި، އިގްތިސާދާއި، ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި ހަމަލާތަކެއް ކަމަށްވެސް ރާއްޖެއިން ބުނެއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި، […]

އަޕްޑޭޓު
ޙަބަރު

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ހުޅުވުމާއި ގުޅިގެން، އާރްޓީއެލް މާލޭ ބަހުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ބަދަލުކޮށްފިއެވެ. އެމްޓީސީސީއިން ހާމަކުރިގޮތުގައި، މާލޭ ބަހުގެ ހިދުމަތް ހިމެނޭ، އޯކިޑް ރޫޓް އަދި ސޯސަން ރޫޓްގެ ދަތުރުތައް ކުރިއެކޭ އެެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން، 29 ޖުލައި އިން ފެށިގެން މޮ ދެ ރޫޓްގެ ބަސްތައް ދަތުރުކުރާނީ ތާވަލާއި އެއްގޮތަށް ބޮޑުތަކުރުފާނު މަގުން ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ބޮޑުތަކުރުފާނު […]

އަޕްޑޭޓު