ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 29 / 179

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ އާ ވެއިޓިން އޭރިއާއެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުވައިފިއެވެ. އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި އާ ސަރަހައްދަކީ ދަތުރުވެރިންނަށް އިތުރަށް އަރާމު އަދި ފަސޭހަ މާހައުލެއް ފޯރުކޮށްދީ، ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މި ބަދަލާއެކު ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކުރުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެއް ވަނީ އިތުރުކުރެވިފައެވެ. […]

ޙަބަރު

ފާމަސީ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކޮށް، ދާއިރާގެ ކުރިއެރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާ ގުޅިގެން ސްޓޭޓްފާމާއިން މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ދާއިރާއިން ދިވެހިން ތަމްރީނުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާއިން ފާހަގަކުރި ގޮތުގައި، މި ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިން މަދެވެ. މި މައްސަލައާ ގުޅިގެން، ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދާއިރާއިން […]

ޙަބަރު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކޮށްފިއެވެ. އަލަށް އެމްޑީކަމަށް އައްޔަންކުރެއްވި ހާރިސް މުހައްމަދަކީ ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ އިސް މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީން ގެންދަނީ ސިލްސިލާކޮށް ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ. އެމްޓީޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނިޔާޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މަގާމުން […]

އަޕްޑޭޓު
ޙަބަރު

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، “ޢިމާދުއްދީން” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރިކަމުގެ ރަމްޒާ ހަވާލުވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ […]

ޙަބަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ “މާލޭ ރޯޑް ޕްރޮޖެކްޓް” ގެ ދަށުން، އަމީނީ މަގުގައި ކޯ ކަޓިން ނުވަތަ މަގުގެ އަޑީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި، މި މަސައްކަތަކީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރިއަށްގެންދާ “ޕްރީ-ކޮންސްޓްރަކްޝަން” ސާވޭތަކުގެ ބައެކެވެ. އެ ކުންފުނީގެ ސާވޭ ޓީމުން މިއަދު ވަނީ އަމީނީ މަގުގެ އެކި ސަރަހައްދުތަކުން […]

ޙަބަރު

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރާނެއެވެ. އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށް […]

އަޕްޑޭޓު
ޙަބަރު

ކަނޑުއޮތްގިރި ފިޝް ވިލެޖް ގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިފްކޯއިން ހާމަކުރިގޮތުގައި،ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ މި ޕްލާންޓްގެ ޚިދުމަތް ފެށުމާއެކު، މާލެ ކައިރީގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކުރިމަތިވި އައިސްގެ ދަތިކަމަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ. އައިސް ޕްލާންޓުގެ އިތުރުން، ދުވާލަކު 3 ޓަނުގެ މަސް ބޭނުންކުރެވޭ ފެކްޓަރީއެއް މިމަހު ކަނޑުއޮތްގިރީގައި ހުޅުވާފައިވާއިރު، އެތަނުގައި ހިކިމަހާއި ރިހާކުރު ބަންދުކުރަން ވަނީ ރޭވިފައެވެ. މި ވަސީލަތްތަކުގެ ސަބަބުން […]

އަޕްޑޭޓު
ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)ގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ)ގެ އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ. ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޝަރަފުގައި އެ މައިދާނުން ރިޔާސީ ކުރުނީހެއް އަރުވާފައިވެއެވެ. ސަރުކާރުން ތަރައްޤީކުރި މި ސެންޓަރުގެ މަޝްރޫޢު […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަލަށް އެކުލަވާލައި ޢާންމުކުރި “ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު” ގެ ދަށުން، އިންސްޕެކްޓަރަކު އުސޫލާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކުރަން ކަނޑައަޅައިފިއެވެ. މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުން ކުރާ ގަވާއިދާ ޚިލާފު ޢަމަލުތަކަށް ފިޔަވަޅު އަޅާނީ ތަކުރާރުވާ ނިސްބަތަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރު 10,000 ރުފިޔާ، ތިންވަނަ ފަހަރު 25,000 ރުފިޔާ، […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ އިޚްލާސްތެރިކަމާއެކު ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފް ވަނީ، ރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެ މީގެއިތުރުން، ދިވެހީންްގެ މިނިވަންކަމުގެ ދޮރޯށި ވަރުބަލިކަމެއްނެތި، ހުޝިޔާރުކަމާއެކު ބެލެހެއްޓުމުގެ އަޒުމާއެކު އެމްއޭސީއެލް އަބަދުވެސް ދެމި […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ ބޮޑު މަޝްރޫޢު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކު ކައިރީގައި 14 ފަންގިފިލާގެ ކޯޓު ކޮމްޕްލެކްސްއެއް 720 ދުވަސްތެރޭގައި އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 699.8 މިލިއަން ރުފިޔާއަށެވެ މި މަޝްރޫޢާއެކު ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، […]

ޙަބަރު

މާލޭގެ އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އަމީނީ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތަކާއި ބަންޕަރުތައް އުފެދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މި މަގު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖޫން 15 ގައެވެ. އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫޢަކީ ކުރީގެ ސަރުކާރުން އާރްޑީސީއާ […]