ޙަބަރު

ވީއައިއޭ ޓާމިނަލް 1 ގައި އާ ވެއިޓިން އޭރިއާއެއް ހުޅުވައިފި

އާމިނަތު ރޫޔާ

1 މިނިޓު
ވީއައިއޭ ޓާމިނަލް 1 ގައި އާ ވެއިޓިން އޭރިއާއެއް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ އާ ވެއިޓިން އޭރިއާއެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުވައިފިއެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި އާ ސަރަހައްދަކީ ދަތުރުވެރިންނަށް އިތުރަށް އަރާމު އަދި ފަސޭހަ މާހައުލެއް ފޯރުކޮށްދީ، ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މި ބަދަލާއެކު ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކުރުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެއް ވަނީ އިތުރުކުރެވިފައެވެ.

ޝެއާ

ކޮމެންޓު