ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 82 / 179

ޙަބަރު

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ނަކުލް ކޭ ސީ އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން […]

ޙަބަރު

15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރި މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު2:54ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ވަނީ ފަށާފައެވެ. މިހާދިސާގައި އަނިޔާވި މީހާ މާލެ ގެންނައުމަށްޓަކައި ކުރުބާ މޯލްޑިވްސް ރިސޯޓެ އުޅަނދެއްގައި ދަރުރުކުރަމުން ދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ޙަބަރު

“މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” މިއަހަރު ފަހުކޮޅު ބާއްވާ ގޮތަށް ނިއްމައިފިއެވެ. މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” އަކީ 2024 ވަނަ އަހަރު ގައުމީ ޓީމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާއެކެވެ. މި ހަފްލާއަކީ މިދިޔަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި ހަފްލާވަނީ މިއަރު ބާއްވާ ގޮތައް ފަސްކޮށްފައެވެ. “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” މާދަމާރޭ ބޭއްވިނަމަވެސް […]

ޙަބަރު

ގައުމުގެ މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ކެޑިޑޭޓުންނަށް ވޯޓުލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މިފަދައިން ވިދާޅުވެފައި ވަނީ އދ. މާމިގިލި އަދި ފެންފުށި ކައުންސިލަށް ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ބޭއްވި ޖަލްސާގަ ވާހަކަ ދައްކަވަމުންނެވެ. ގާސިމް އިބްރާހިމް ވިދާޅުވިގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުން އެންމެ ރަނގަޅުވާނީ މި ސަރުކާރު ހިންގާ […]

ޙަބަރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, ދޭ “ވެލާނާ އެވޯޑްސް” 22 ފަރާތަކަށް ލިބިއްޖެ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ބޯޑު މެންބަރުންނާ، އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަނެފައިވެއެވެ. މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި […]

ޙަބަރު

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް ދެން ދޫކުރާނީ މިފްކޯގެ ފިހާރައިން އެކަނި ކަމަށް ލޯކަލް ހަވާމެންޓް މިނިސްޓްރީން ބުނެފި އެވެ. ލޯކަލް ގަވާމެންޓް މިިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ. މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 24 […]

ޙަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން، ސައިޓް އޭގެ 116 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސައިޓް އޭގައި ހިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މީގެތެރެއިން މިހާރު 116 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ. މިއީ މުޅި މަޝްރޫއުގެ […]

ޙަބަރު

ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އެމްބަސީއަށް ވަޑައިގަތުމުން، މަރުހަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެނެފައިވެއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މައުލޫމާތު […]

ޙަބަރު

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަސާސީ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ޖަރުމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރް އައުސްވެއަރްޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ) އަށް ކުރެއްވި ޒިޔާރަތް ގައި ދެއްވި ތަގުރީރުގަ އެވެ. ޖަރުމަނަށް ރައީސް ކުރައްވައިފައިވާ ރަސްމީ ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރް ޝްޓައިންމަޔަރްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާފައިވާ ދަތުރުފުޅެކެވެ.ޑީ.ޖީ.އޭ.ޕީ އިން […]

ޙަބަރު

ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރުގެ ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ސަހުސިއްޔަތުތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައިފި އެވެ. އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ސިއްހަތާ ބެހޭ ސިޔާސަތުތަކާއި، ރައީސްގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް […]

ޙަބަރު

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުގައި، ކ. ތުލުސްދޫ އަދި ކ. ގުރައިދޫ ފިޔަވައި އެހެން ހުރިހާ ރަށްރަށެއްގެ ކެންޑިޑޭޓުންގެ ނަންތައް ވަނީ ތަރުތީބުކޮށް ނިމިފައެވެ. ތުލުސްދޫ އާއި ގުރައިދޫގެ ނަންތައް ތަރުތީބު ނުކުރެވި […]

އަޕްޑޭޓު
ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުގައި ތާރުއަޅާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީން ބުނީ މި ހަފްތާގައި އެ މަގުގައި ތާރު އެޅުމާއި ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އޭގެ ތެރެއިން މިހާރު މަގުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. މިއައެކު، ބަނދަރުގެ ޓްރެންޗް މަސައްކަތާއި، ލައިޓްތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން […]