ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް: ތާރު އަޅާ ނިމެއްޖެ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް: ތާރު އަޅާ ނިމެއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުގައި ތާރުއަޅާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި ހަފްތާގައި އެ މަގުގައި ތާރު އެޅުމާއި ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އޭގެ ތެރެއިން މިހާރު މަގުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

މިއައެކު، ބަނދަރުގެ ޓްރެންޗް މަސައްކަތާއި، ލައިޓްތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އެކުންފުނިން ފާހަގަކޮށްފައިވެ އެވެ. އަދި މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ރޯދައިގެ ކުރިން ތަރައްގީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

ޝެއާ

ކޮމެންޓު