ޙަބަރު

ރައީސް ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ރައީސް ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އެމްބަސީއަށް ވަޑައިގަތުމުން، މަރުހަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެނެފައިވެއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.

ރައީސް ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ޖަރުމަނު ވިލާތުގެ ޑީ.ޖީ.އޭ.ޕީއަށް ޒިޔާރަތްކުރައްވައި ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަގުރީރެއްދެއްވާފައެވެ.

ޝެއާ

ކޮމެންޓު