ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 83 / 179

ޙަބަރު

ސައިންސްގެ ރޮނގުން، މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އެމަނިކުފާނުގެ މެސެޖްގައި، ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެ ރައްޔިތުންނަށް ހެޔޮއެދުން އަރިސްކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް […]

ޙަބަރު

ކޯޓުތަކުގެ ބެކްލޮގުގެ މަސައްކަތް ނިންމުމުގެ ހާއްސަ މަސައްކަތަށް ޓާސްކް ފޯސްއެއް އެކުލަވާލާފައިވާ ކަމަށް ސްޕްރީމް ކޯޓުން ބުނެފި އެވެ. މިދިޔަ އަހަރު ނިމުނު އިރު، އެއްއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ13032 މައްސަލަ، ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގުގެ ގޮތުގައި ރިކޯޑްކޮށްފައި އޮތްކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ. އެހެންވެ، މި މައްސަލަތަކުގެ އިންސާފު އަވަހަސްކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމު ކުރުމަށްޓަކައި، އަދި މި މައްސައްކަތް ނިންމުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ޓާސްކްފޯސްއެއް ދިވެހިރާއްޖޭގެ […]

ޙަބަރު

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސް ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރ އަބްދުﷲ ރަޝީދު އެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖުތާޒު އެވެ. ފަސްވަނަ ސިވިލް ސަރވިސް ކޮންފަރެންސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކާގޯ ޑިސްޕޯސަލް ހިދުމަތް ދޭން ފަށައިފިއެވެ. އެމްޕީއެލުން އަންނަނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި އެކުންފުނީގެ ހިދުމަތްތައް ހޯދާފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން، އެކުންފުނީގެ ގިނަ އޮޕަރޭޝަން ހިދުމަތްތަކަށް ބަަދަލުގެންނަމުންނެވެ. އެގޮތުން، އެމްޕީއެލުން ވަނީ ކާގޯ ޑިސްޕޯސަލްގެ ހިދުމަތް ފަށާފައެވެ. ކުރިން ކާގޯ ޑިސްޕޯސަލް ކުރުމަށް، ކަސްޓަމަރުން ޖެހެނީ އަމިއްލައަށް ބޯއްޓެއް ހިފައިގެން ތިލަފުއްޓަށްދާށެވެ. ނަމަވެސް، އެމްޕީއެލުން މިގެނައި ބަދަލާއެކު، މިހާރު އެމްޕީއެލް ސަރަހައްދުތެރޭގައި ކާގޯ ޑިސްޕޯސަލް ކުރެވޭނެއެވެ. މި ހިދުމަތް […]

އަޕްޑޭޓު
ޙަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 16 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީން) ވަނީ ބުނެފައެވެ. އީސީން […]

ޙަބަރު

ޗައިނާ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. މި އެއާލައިންގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ. އަދި މި ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ރާއްޖެއަށް އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ. އަދި އެ އެއާލައިނުން ރާއްޖެ […]

ޙަބަރު

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ އިތުރުން، މިދަތުރުފުޅުގެ ބައެއްގެ […]

ޙަބަރު

ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) އިފްތިތާހް ކޮށްފިއެވެ. މި ޕޯޓަލްއަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއްކަމަށް ރައްޔިތުން މަޖިލީހުން ވަނީ ބުނެފައެވެ. މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މަޖިލީހުން ވަނީ މައުލޫމާތު […]

ޙަބަރު

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފި އެވެ. އެމްއޭސީއެލުން “ވެލާނާ އެވޯޑްސް”ގެ ނަމުގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ވަނީ ތައާރަފްކޮށްފަ އެވެ. މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. ބޮޑުތަކުރުފާނު […]

ޙަބަރު

ބޮޑުތަކުރުފާނު މަގުގެ ތާރުއެޅުން މިހަފްތާގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެ މަގުގައި ސަބް-ބޭސް އެޅުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވެއެވެ. އަދި މިހަފްތާ ތެރޭގައި އޭބީސީ ލޭއިން އަދި އަސްޕަސްއެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެފައިވެއެވެ. މިއައެކު، ބަނދަރުގެ ޓްރެންޗް މަސައްކަތާއި، ލައިޓްތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މިމުއްދަތުތަކުގެ ތެރޭގައި ކުރިއަށް […]