ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް: މި ހަފްތާގައި ތާރު އަޅަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު

ބޮޑުތަކުރުފާނު މަގުގެ ތާރުއެޅުން މިހަފްތާގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެ މަގުގައި ސަބް-ބޭސް އެޅުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވެއެވެ. އަދި މިހަފްތާ ތެރޭގައި އޭބީސީ ލޭއިން އަދި އަސްޕަސްއެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިއައެކު، ބަނދަރުގެ ޓްރެންޗް މަސައްކަތާއި، ލައިޓްތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މިމުއްދަތުތަކުގެ ތެރޭގައި ކުރިއަށް ގެންދަން ނިއްމާފައިވާކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތް ތާވަލާ އެއްވަރަށް ކުރިއަށްދާކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ރޯދައިގެ ކުރިން ތަރައްގީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރުއުގެ ސަބަބުން މަގުގައި ހިގާ މީހުންނަށާއި ދުއްވާއެއްޗިއްސަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ވަނީ ފާހަގަކޮށްފައެވެ.

ޝެއާ

ކޮމެންޓު