ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 84 / 179

ޙަބަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާއްސަ ޑިސްކައުންޓުތަކާއެކު “ސާބަސް ޔަންމާ ޕްރޮމޯ 2026” ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށާފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވެސް މެރިން އެކްސްޕޯގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޕުރޮމޯޝަން ފައްޓަވާ ދެއްވާފައި ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ޕުރޮމޯޝަން ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް […]

ޙަބަރު

ކުޑަކުދިންނަށް ހާއްސަ ފޯމިއުލާއެއް ކަމަށްވާ “ބޭބީބައޯ” އިން ވިހަ މާއްދާއެއް ފެނިފައިވާތީ މި ފޯމިއުލާ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއުލާންކޮށްފި އެވެ. ފަރެންސޭސި ވިލާތުން އުފައްދާފައިވާ “ބޭބީބައޯ” މަރުކާގެ އިންފެންޓް ފޮމިއުލާގެ ބައެއް ބެޗްތަކުން ‘ސެރެއުލައިޑް’ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް […]

ޙަބަރު

ހއ. ދިއްދޫގެ 78 ހެކްޓަރު ހިއްކާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އެރަށުގައި، އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާނެ ބިން ފޯރުކޮށްދިނުމަށްޓަކައި ފަށާފައިވާ މަޝްރޫއެކެވެ. އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލުން ބުނިގޮތުގައި، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ 70 އިންސައްތަ […]

ޙަބަރު

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމައް އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސޮއިކޮށްފި އެވެ. މި އެއްބަސްވުމަކީ ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ ގޮތުން އިކޮނިމިކް މިނިސްޓީއާ އެމްޕީއެލްއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ. އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “މަލްޓިފްލެކްސް ސްޓިއަރިންގ ސިސްޓަމް” ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ. އެ ކުންފުނިން މި ސިސްޓަމް އިފްތިތާހްކޮށްފައި ވަނީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގައެވެ. މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ މިކަމަށް ހާއްސަ ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އެމްޓީސީސީން ލޯންޗްކޮށްފައިވާ މި މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމަކީ، އުޅަނދުފަހަރު ދުއްވުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ގެނެސްދޭނެ ސިސްޓަމެކެވެ. މި […]

ޙަބަރު

މޯލްޑިވްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ބޮޑުކަންނެލި މަސްވެރިން ޔޫނިއަން” އާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ އެމްޓީސީސީގެ ކަށަވަރު ޕުރޮޑަކްޓްތަކުން ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ މެންބަރުންނަށް ތަފާތު ޑިސްކައުންޓުތައް ލިބޭނެ ގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދެފަރާތުގެ މެދުގައި ސޮއިކޮށްފައި ވަނީ މިހާރު ސެންޓުރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ. މި އެއްބަސްވުމުގައިވާގޮތުން އެމްޓީސީސީން ވިއްކާ ޔަމަހާ ސްޕެއާ ޕާޓްސްތަކަށް 10 އިންސައްތައިގެ ޑިސްކައުންޓް އަދި ކާސްޓްރޯލް ޕްރޮޑަކްޓްތަކުން […]

ޙަބަރު

ރޯދަމަހާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނިނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ. އެގޮތުން، މާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން ފަތިހު 02:00 އަށެވެ. ހުޅުމާލޭގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން ފަތިހު 02:30 އަށް އަދި ވިލިމާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން މެންދަމު 01:00 އަށެވެ. ވެމްކޯއިން ހާމަކުރިގޮތުގައި މި އުސޫލުގެ ދަށުން އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން […]

ޙަބަރު

ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން، ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުން، އަސާސީ ތަކެތި ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން “މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް” ގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފި އެވެ. އެގޮތުން، މި ހިދުމަތް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް މެރިން އެކްސްޕޯ 2026” ގެ ތެރެއިން، ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާފައި ވަނީ […]

އަޕްޑޭޓު
ޙަބަރު

މާލޭގެ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަދު ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓޭޑް (އެމްޕީއެލް)ގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ މުހައްމަދު ރިޝްވާނެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއިއޯ […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް 10 ރިސޯޓު ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ރަސްމީކޮށް ފެށިގެން އައީ މީގެ 54 އަހަރު ކުރިން 1972 ވަނަ އަހަރުގަ އެވެ. ނަމަވެސް މި ސިނާއަތަށް ބައި ޤަރުނަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް […]

ޙަބަރު

ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި، ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް އޮފީހެއް ރައީސް އޮފީހުގައި ހުޅުވުމަށް ނިންމަވާފައިވާަކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި މި އޮފީހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށައެޅުމަށް 24 ގަޑި އިރު ހިދުމަތްދޭނެ އޮފީހެކެވެ. މިފަދަ އޮފީހެއް ހުޅުވުމަށް ނިންމީ، މި ސަރުކާރަކީ ވީހާ ވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި […]

ޙަބަރު

މިއަހަރު ތެރޭގައި އިތުރު 17 އިންސްޕެކްޓާ ކުރާފްޓް ހިދުމަތަށް ނެރޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ދިފާއީ ރައްކާތެރިކަން ދެމެހެއްޓުން ކަށަވަރު ކުރުމަށްޓަކައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ގޯސްޓްގާޑުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ސަރުކާރުން ވަނީ ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ […]