ޙަބަރު

“ބޭބީބައޯ” ފޯމިއުލާގައި ވިހަމާއްދާއެއް، ވިއްކުން މަނާ!

ކުޑަކުދިންނަށް ހާއްސަ ފޯމިއުލާއެއް ކަމަށްވާ “ބޭބީބައޯ” އިން ވިހަ މާއްދާއެއް ފެނިފައިވާތީ މި ފޯމިއުލާ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއުލާންކޮށްފި އެވެ. ފަރެންސޭސި ވިލާތުން އުފައްދާފައިވާ “ބޭބީބައޯ” މަރުކާގެ އިންފެންޓް ފޮމިއުލާގެ ބައެއް ބެޗްތަކުން ‘ސެރެއުލައިޑް’ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް […]

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
“ބޭބީބައޯ” ފޯމިއުލާގައި ވިހަމާއްދާއެއް، ވިއްކުން މަނާ!

ކުޑަކުދިންނަށް ހާއްސަ ފޯމިއުލާއެއް ކަމަށްވާ “ބޭބީބައޯ” އިން ވިހަ މާއްދާއެއް ފެނިފައިވާތީ މި ފޯމިއުލާ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއުލާންކޮށްފި އެވެ.

ފަރެންސޭސި ވިލާތުން އުފައްދާފައިވާ “ބޭބީބައޯ” މަރުކާގެ އިންފެންޓް ފޮމިއުލާގެ ބައެއް ބެޗްތަކުން ‘ސެރެއުލައިޑް’ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ހާމަކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ‘ސެރެއުލައިޑް’ އަކީ ބެސިސްލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަމާއްދާއެކެވެ. މި މާއްދާއިން ތަގައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިގެން ދާނެ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.

އެހެންކަމުން ރއްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި “ބޭބީބައޯ އޮޕްޓިމާ 1” އަދި “ބޭބީބައޯ ކަޕްރެއާ1” ގެ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުއިއްކުމަށާއި ނޭނުން ނުކުރުމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޝެއާ

ކޮމެންޓު