ޙަބަރު

ރޯދަމަހާ ގުޅިގެން ވެމްކޯއިން ކުނިނަގާ ގަޑިތަކަށް ބަދަލުތަކެއް

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ރޯދަމަހާ ގުޅިގެން ވެމްކޯއިން ކުނިނަގާ ގަޑިތަކަށް ބަދަލުތަކެއް

ރޯދަމަހާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނިނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން، މާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން ފަތިހު 02:00 އަށެވެ. ހުޅުމާލޭގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން ފަތިހު 02:30 އަށް އަދި ވިލިމާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން މެންދަމު 01:00 އަށެވެ.

ވެމްކޯއިން ހާމަކުރިގޮތުގައި މި އުސޫލުގެ ދަށުން އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި 6 ރޯދަ ނިމެންދެން ވެސް ވެމްކޯއިން ކުނި ނަގާނީ މި ގަޑިތަކުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރޯދަ މަހަކީ އެހެން މަސްމަހާ ހިލާފަށް ގޭބިސީތަކުން ގިނައިން ކުނި އުފައްދާ މަހެކެވެ. ހާއްސަކޮށް ބަނދިގެގޭގައި އުފެދޭ ކުނި އެންމެ ގިނައިން އުފެދޭނީ މި މަހުގައެވެ. އެހެން ކަމުން މި ކުނި ރީތިކޮށް ބަންދުކޮށް، ވެމްކޯއިން ކުނި ނަގަން އަންނަ ގަޑިތަކުގައި އެ ކުނި ނެރެފައި ހުރުމަކީ ވެމްކޯއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޝެއާ

ކޮމެންޓު