ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކާ ގުޅޭ މައްސަލައިގަ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބަލަން ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ބަނަޑާރަ ނައިބަށް އަންގަވައިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރެވޭ ގޮތް ދިރާސާކުރުމަށްޓަކައި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ […]
ޙަބަރު
ފަހުގެ ޚަބަރުތައް
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން “ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް” ގެ ނަމުގައި މިއަދު ހާއްސަ ހަރަކާތެއް ފަށައިފި އެވެ. މި ކޭމްޕް ކުރިއަށްދާނީ އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން ފެށިގެން އިރުއޮއްސި 18:30 އާ ހަމައަށެވެ. މި ހަރަކާތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ވެސް […]
ޒަކާތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ޓަކައި ޒަކާތު ހައުސްއިން “ޒަކާތް އަސްނާފު ކާޑު” އިފްތިތާހުކޮށްފި އެވެ. ޒަކާތު އަސްނާފު ކާޑަކީ ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން ތައާރަފްކޮށްފައިވާ ކާޑެެކެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާހުކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ […]
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ. ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްއި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން މަންފާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ. މި އިންވެސްޓްމަންޓަށް ފައިސާ ހޯދަން ހުށަހަޅާފައި ވަނީ ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި […]
އަންނަ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސެކުރިޓީ ކަށަވަރު ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އާދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ސެކުރިޓީ ވަރުގަދަ ކުރުމަށްޓައި ފުލުހުންނާއި އީސީގެ މެދުގައި ސޮއިކުރީ އިއްޔެ އެވެ. އީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ. މި […]
ކ.ހުރާގައި ގެސްޓުހައުސް އެޅުމަށް ޖުމްލަ 25 ބިން ކުއްޔައް ދޫކުރަން ނިއްމާފައިވާ ކަމަށް ހުރާގެ ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ. ހުރާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އަލަށް ހިއްކާފައިވާ ސަރަހައްދުން 25 ބިން، ގެސްޓްހައުސް އެޅުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިއްމާފައިވާކަމަށް ވަނީ އިއުލާންކޮށްފައެވެ. މީގެތެރެއިން 8 ބިން ދޫކުރަނީ ހުރާގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ބިންތަކުގެ ފޯމެއްގެ އަގަކީ10 ހާސް ރުފިޔާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. އަދި ބާކީ ހުރި ބިންތައް […]
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އެލަވެންސްގެ ގޮތުގައި40،000 އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށް މި އިއުލާނުގައިވެއެވެ. އަދި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ11 ވަނަ ދުވަހުގެ މެންދުރު2 އަކާ ހަމައަށް އޮންނާނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ. ކުރީގެ އެޗްޕީއޭގެ ޑައިރެކްޓަރު މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. […]
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެގޮތުން ރައީސް މި މަހުގެ 9 އިން 13 އަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ވަނީ ނިއްމަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި […]
ރާއްޖޭގެ 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ ގެ ދަށުން، ރާއްޖޭގެ 52 ދަނޑުވެރިން އެޑްވާންސްޑް ހޯޓިކަލްޗަރ އެކްސްޕޯޝަރ ޓްރެއިނިންގ އެއްގައި ސްރީލަންކާއަށް ވަނީ ދަތުރުކޮށްފަ އެވެ. މިނިސްޓްރީން ބުނީ މި ތަމްރީނު މިއަދުން ފެށިގެން މިމަހުގެ13 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ތަމްރީނު ތަކުގެ […]
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިޔެއެވެ. އަދި އެމަނިކުފާނުގެ އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފިނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ އެކު އެމަނިކުފާނު ބަދަލު ކުރައްވަވާފައިވާ މެއިލްތަކެއް ސޯޝަލް […]
އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ގައިދީއަކު މިއަދު މަރުވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި މަރުވެފައި ވަނީ އެމްސީއެސްގެ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އުމުރުން 59 އަހަރުގެ ސ. ހިތަދޫ / ފެއަރީޕެލަސް، އަހްމަދު ޝަފީގެވެ. ކަރެކްޝަނުން އިތުރަށް ބުނީ އޭނާ އަކީ ނޭވާލުމަށް ދަތިވާތީ، މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮގެން ފަރުވާ ދެމުންދާތާ އެއްމަސްވެފައިވާ މީހެއްކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އޭނާގެ އޮކްސިޖަން ދައްވުމުގެ ސަބަބުން […]
ސަރުކާރަށް ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލި 3 ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާފައިވާ 3 ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. އެ […]











