ޙަބަރު

ފަރުވާދެމުންދަނިކޮށް ގައިދީއަކު މަރުވެއްޖެ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ފަރުވާދެމުންދަނިކޮށް ގައިދީއަކު މަރުވެއްޖެ

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި މަރުވެފައި ވަނީ އެމްސީއެސްގެ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އުމުރުން 59 އަހަރުގެ ސ. ހިތަދޫ / ފެއަރީޕެލަސް، އަހްމަދު ޝަފީގެވެ.

ކަރެކްޝަނުން އިތުރަށް ބުނީ އޭނާ އަކީ ނޭވާލުމަށް ދަތިވާތީ، މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮގެން ފަރުވާ ދެމުންދާތާ އެއްމަސްވެފައިވާ މީހެއްކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އޭނާގެ އޮކްސިޖަން ދައްވުމުގެ ސަބަބުން އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އޭނާ މަރުވުމާ ގުޅިގެން ކަރެކްޝަނުން ވަނީ ފުލުހުންގެ ހިދުމަތަށާއި އޭނާގެ އާއިލާއަށާއި ކަރެކްޝަން ސާވިސްގެ އިންސްޕެކްޓަރުގެ އިތުރުން ހިއުމަން ރައިޓް ކޮމިޝަނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ވަގުތުން އަންގާފައެވެ.

 

ޝެއާ

ކޮމެންޓު