ޙަބަރު

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އެލަވެންސްގެ ގޮތުގައި40،000 އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށް މި އިއުލާނުގައިވެއެވެ. އަދި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ11 ވަނަ ދުވަހުގެ މެންދުރު2 އަކާ ހަމައަށް އޮންނާނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

ކުރީގެ އެޗްޕީއޭގެ ޑައިރެކްޓަރު މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާ ރިޓިއާވެފައި ވަނީ އާލީ ރިޓަޔާމަންޓަކުންނެވެ. އޭނާ އަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން 1990ވަނަ އަހަރު ހިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

ޝެއާ

ކޮމެންޓު